ވަގުތު ލައިވް

ލޯބިވެރިޔާއާ ބައްދަލުކުރަން އަވަށުން ކަރަންޓް ކަނޑާ މީހެއް!

އިންޑިއާގެ ބިހާރްގައި ލޯބިވެރިޔާއާ ބައްދަލުކުރަން އަވަށުން ކަރަންޓް ކަނޑާ މީހާއަކީ ކާކުކަން ފަޅާ އަރައިފިއެވެ. އެކަން ފަޅާ އެރުމާއެކު އަވަށުު މީހުން ވަނީ އޭނާ ގައިގައި ތަޅާ މަގުމަތީގައި އޭނާ ހިނގުވާފައެެވެ.

މަންޒަރު ފެނުނު ފަރާތްތަކުން ބުނާގޮތުގައި، ގަނެޝްޕޫރް ވިލޭޖްގައި ދިރިއުޅޭ ފަރާތްތަަކަށް ބައެއް ދުވަސް ދުވަހުގެ ރޭގަނޑު ތިން ގަޑިއިރަށްވުރެ ގިނަ އިރުވަންދެން އަނދިރީގައި ތިބެން ޖެހެއެވެ. އެހެން ނަަމަވެސް މިކަން ވަނީ އެ ވިލޭޖްގައި އެކަނިކަން ފާހަަކުރެވުނެވެ.

މިއާއެކު އެކަން ތަހުގީގު ކުރަން ފެށިއެވެ. އެގޮތުން އަވަށު އިލެކްޓްރީޝަނަކު ވަނީ އެކަން ކުރަނީ އިލެކްޓްރިސިޓީ ޑިޕާޓްމެންޓުން ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަވަށުގެ މީހުންނަށް ވަނީ އެތަނުން އެކަން ކުރަން ޕަވާ ސަޕްލައި ކަނޑައިގެން ކަން އެނގިފައެވެ. އަދި އެކަން އޭނާ ކުރަނީ އެ ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ އިލެކްޓްރިސަން ލޯބިވެރިޔާއާ އަނދިރީގައި ބައްދަލު ކުރަންކަން ވަނީ ހާމަވެފައެވެ. އޭނާ ކުރާ ކަމެއް ކުރުމަށްފަހު އަވަށަށް ކަރަންޓް ދެނީ އެނބުރި އައިސްއެވެ.

މިކަންތައް އަވަށު މީހުން ފަޅާ އަރުވާފައެވެ. އަދި އެ ދެ ލޯބިވެރިން ބައްދަލުކުރަންތިއްބާ ވަނީ ހޯދާފައެވެ.

އަދި އަވަށު މީހުން އޭނާ އަށް އަދަބު ދީ މަގުމަތީގައި ހިނގުވިއިރު، އަވަށު މީހުން ވަނީ އޭނާ އެ އަންހެން މީހާއާ ކައިވެނިވެސް ކުރުވާފައެވެ. އެކަމަކު މި ހުރިހާ ކަމެއް ހިނގިއިރު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެއް ނުވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެކެކެ

    ވަގަކަށް ހާސް ދުވަސް ވެރިޔަކަށް އެއްދުވަސް...ހިހިހިހި..އަތުޖެހުނު ދުވަހު ރަނގަޅަށް ރޯފިލުވާލައިފި ދޯ..ކަރަންޓު ކަނޑާލަންޏާ އެހެންނޭ ވާނީ..މިހާރު ތިވީގޮތުން މުޅި ދުނިޔެއަށްވެސް ބޭޒާރުވީ..

    3
    2
  2. Anonymous

    ފިލްމެ އް ހަދާ ޙަޤީޤީ ހާދިސާ އަކަށް ބިނާކޮށް. ވަރަށް ލާރި ހެދޭނެ

    2
    1
  3. ޖާމުނަގަރު

    ބޭނުންކަންތަށް އޭނާއަށް ވެއްޖެނުން // ވ ގަދަ // އަވަށުތެރޭ ހިންގުވީމާ ގިނަ ބަޔަކުވެސް ފަސޭހައިން ތިދަސްވީނުން //

    3
    1