ޗޮކްލެޓް ބްރޭންޑެއްގެ ނަމުން ދަރިފުޅަށް ނަން ދިން މަންމައަކަށް 10،000 ޑޮލަރު ޗޮކްލެޓް އުފައްދާ ކުންފުނިން ދީފިއެވެ.

މިމީހާއަށް މިއިނާމް ލިބިފައިވަނީ ޗޮކްލެޓް އުފައްދާ ކުންފުންޏެއް ކަމަށްވާ ރީސްއިން، ރީސްގެ އެންމެ ބޮޑު ފޭންއެއް ބެލުމަށް ކުރިޔަށް ގެންދިޔަ މުބާރާތުގެ އެއްވަނަ ލިބިގެންނެވެ،

އެމެރިކާގެ ކެލިފޯނިޔާގައި އުޅެމުން އަންނަ މިމީހާއަށް މިއިނާމް ލިބިފައިވަނީ ރީސްގެ ޓެޓޫ ގައިގައި ޖަހައިގެން އުޅުނު މީހަކާ ވާދަކޮށްގެން ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ރީސްގެ މަންމަ ބުނެފައިވަނީ ރީސްއަށް މިނަން ކިޔާފައިވަނީ އޭނާގެ ދޮށީ ދަރި އަބަދުވެސް ރީސް ޗޮކްލެޓް ކާން ގޮވާތީ ކަމަށާއި އަދި ފޮނި ކާއެއްޗެއްގެ ނަން ދަރިޔަކަށް ދޭން ބޭނުންވާތީ ކަމަށެވެ. ރީސްގެ މަންމަ އިތުރަށް ބުނެފައިވަނީ މިގޮތަށް މިހާ ބޮޑު އިނާމެއް ލިބޭނެ ކަމެއް މީގެ ކުރިން ހިތަށްވެސް ނާރާ ކަމަށާއި ނަން ކީ ކޮންމެހެން މިފަދަ އިނާމެއް ބޭނުން ވެގެން ނޫން ކަމަށެވެ.

ރީސްގެ މަންމަ ބުނެފައިވަނީ ރީސްއަށް އޭނާގެ ނަން ކަމުދާ ކަމަށެވެ. ރީސްގެ އުމުރުން މިހާރު 4 އަހަރެވެ.

10،000 ޑޮލަރުގެ އިނާމާއެކު ރީސްގެ އާއިލާއަށް އެއް އަހަރު ދުވަހު ހިލޭ ޗޮކްލެޓް ލިބޭނެ ގޮތްވަނީ ރީސް ކުންފުނިން ހަދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު