ދުނިޔޭގެ އާބާދީ އެންމެ ބޮޑު ގައުމު ޗައިނާގައި ގިނަ އަންހެނުން އެއްވެސް ގޮތަކަށް ކައިވެނި ކުރަން ބޭނުން ނުވާކަމަށް އެގައުމުގައި ހެދި ދިރާސާ އަކުން ދައްކައިފި އެވެ.

ޗައިނީސް ކޮމިއުނިސްޓް ޔޫތް ވިންގް އިން ހެދި ދިރާސާއެއް ދައްކާގޮތުގައި 2،905 މީހުން ބައިވެރިކޮށްގެން ކުރިޔަށް ދިޔަ މި ދިރާސާގައި ބައިވެރިވެފައި ވަނީ 18 އަހަރާއި 26 އަހަރާއި ދެމެދުގެ މީހުންނެވެ.

މި ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން 44 އިންސައްތަ އަންހެނުން ބުނަނީ އެމީހުން ކައިވެނި ކުރަން އެއްވެސް ގޮތަކަށް ބޭނުން ނުވާކަމަށެވެ. އަދި 25 އިންސައްތަ ފިރިހެނުންވެސް ބުނީ އެމީހުންވެސް ކައިވެނި ކުރަން ބޭނުން ނުވާކަމަށެވެ.

ކައިވެނި ކުރަން އެއްވެސް ގޮތަކަށް ބޭނުން ނުވާ މީހުންނާއި ކައިވެނި ކުރަން ރަނގަޅު ބައިވެރިއަކު ނުލިބުމުގެ ސަބަބުން ކައިވެނި ނުކޮށް ތިބި މީހުންވެސް ޗައިނާގައި އެބަ ތިއްބެވެ. ބައެއް ފަރާތްތަކުން ފާހަގަ ކުރީ އެމީހުން ކައިވެނި ނުކުރަނީ އެވަރުގެ ތަނަވަސްކަމެއް ނެތުމުންނެވެ. އަދި ގިނަ ދަރިން ހޯދަން ބޭނުންވިޔަސް އެ ފުރުސަތުވެސް ނެތުމުން އެކަންވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

މި އަހަރުގެ މެއި މަހު ޗައިނާ ސަރުކާރުން ވަނީ އެގައުމުގައި ދެމަފިރިންނަށް ތިން ކުދިންވެސް ހޯދޭނެ ގޮތް ހަދާފަ އެވެ. އެއީ އޭގެ ކުރިން އޮތް ގަވައިދު، ދެ ކުދިން ހޯދަން ހުއްދަ އޮތް ގަވައިދު ނަގާލައި ދިން ލުއެކެވެ.

އާދަޔާ ހިލާފަށް ޗައިނާގެ އާބާދީ އިތުރުވަމުންދާތީ އެކަން ހިފެހެއްޓުމަށް ޗައިނާ ސަރުކާރުން މިފަދަ ގަވައިދެއް 1979 ވަނަ އަހަރުގައި އެވެ. އެގައުމުގެ މިހާރުގެ އާބާދީ އުޅެނީ 1.42 ބިލިއަން ގައި އެވެ.