މިހާރު ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީސްގެ ގޮތުގައި ބެލެވިފައިވާ ސްކުއިޑް ގޭމްސް ކޮޕީކުރާތީ ކިޔަވާކުދިން މި ސީރީސް ނުބެލުމަށް އިލްތިމާސް ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުން މި ސީރީސް އިން ފެންނަ ގޮތަށް ގޭމް ކުޅެމުން އަންނާތީ ސްކޫލްތަކުގެ މެނޭޖްމެންޓުން ދަނީ މި ސީރީސް ކިޔަވާ ކުދިންނަށް ނުދެއްކުމަށް ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ.
ދެކުނު ކޮރިޔާއިން އުފައްދާފައިވާ މި ސީރީސްއަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު މި ސީރީސް ވަނީ ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީސްތައްވެސް ފަހަތައް ޖައްސާލައި ކުރިހޯދާފައި އެވެ.
އުމުރުން އެންމެ ހަ އަހަރުގެ ކުދިންވެސް މި ސީރީސް ބަލަމުންދާއިރު އެއީ އެ ކުދިންގެ މުސްތަގުބަލަށްވެސް ނޭދެވޭ އަސަރުތައް ކޮށްފާނޭ ކަމެއް ކަމަށް ސްކޫލްތަކުގެ އިސްވެރިން ފާހަގަ ކުރެއެވެ. އަދި ބެލެނިވެރިން މިކަމަށް ސަލާމުވުމަށްވެސް ސްކޫލްތަކުން އެދެއެވެ.
ފައިސާތައް ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރާ މަންޒަރު ފެނިގެންދާ މި ސީރީސްގައި އެމީހުން ކުޅޭ ގޭމުން މޮޅު ނުވެއްޖެ ނަމަ މަރާލަ އެވެ. އަދި މޮޅުވާ މީހަކަށް ގިނަ އަދަދެއްގެ ފައިސާ ލިބެއެވެ.
ސެޕްޓެމްބަރު މަހު ރިލީޒް ކުރި ސްކުއިޑް ގޭމްސް ވަނީ ރިލީޒް ކުރިތާ 10 ދުވަހުގެ ތެރޭގައި 90 ގައުމެއްގައި ނެޓްފްލިކްސްގެ އެއްވަނަ އަށް އަރައިފައެވެ. ރާއްޖޭގައި ވެސް މިވަގުތު އެއްވަނައިގައި އޮތީ މި ސީރީޒްއެވެ.
ތިޔަ ގޮތަށް ޤައުމުތަކުން އެއްޗެއް ނުބަލަން ނޫނީ ގޭމެއް ނުކުޅެން އަންގައިފިނަމަ ދިވެހި މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކުން ޚާއްސަ ޕްރޮމޯޝަންތައް ބާއްވާ އެ އެއްޗެއް ބެލުމަށް ރައްޔިތުންނަށް ހިއްވަރު ދޭނެ.
ޕަބްޖީ ވެސް ނުކުޅެން ޤައުމުތަކުން އެންގުމުން، އެ ކުޅޭ މީހުންނަށް ހާއްސަ ޑޭޓާއެއް ދީ މުބާރާތްތައްވެސް ބޭއްވި ދިވެހިންނަށް އިންޓަނެޓް ދޭ ކުންފުނިތަކުން.
ދެން ދިވެހިންވެސް ތިބަލައިގެން ވަޖިދުވާނެ. މިމީހުނަކީ ވަޖިދުވާނެކަމެއް ނުފެނިފަ ތިބޭ ބަޔެއް. އެވަރިހަމަ ފުޓުބޯޅަޔަސް، ދީނީކަމަކަސް.