ބޮލީވުޑު ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާ ރަންވީރު ސިންގްއާއި ދީޕިކާ ޕާޑުކޯން ދަރިއަކު ހޯދުމަށް ކުރަމުންދާ ޕްލޭންތަކާއި ބެހޭގޮތުން ރަންވީރު ވާހަކަ ދައްކައިފިއެވެ.

ރަންވީރު ސިންގް ހުށަހަޅައިދޭ ޓީވީގެ ފުރަތަމަ ޝޯ ކަމުގައިވާ ''ބިގް ޕިކްޗަރ'' ގެ ޕްރޮމޯޝަންގައި ވާހަަކަ ދައްކަމުން ރަންވީރު ދަރިއަކު ހޯދުމަށް ކުރަމުންދާ ޕްލޭންއާއި ވަމުންދާ ތައްޔާރީތައް ހާމަކޮށްފައިވެއެވެ.

''އެންމެންނަށް ވެސް އެނގޭނެ އަހަރެން ކައިވެނި ކޮށްގެން އުޅޭކަން. ދެތިން އަހަރެއްގެ ތެރޭގައި ދަރިއަކު ވެސް ހޯދާނަން. ދީޕިކާއަކީ ކުޑައިރު ވަރަށް ލޯބި ކުއްޖެއް. ދީޕިކާގެ ކުޑައިރުގެ ފޮޓޯ އަހަރެން ކޮންމެ ދުވަހަކު ވެސް ބަލަން. އަދި ދީޕިކާ ގާތު ބުނަން އަހަރެން ބޭނުންވަނީ ދީޕިކާ ކަހަލަ ކުއްޖެކޭ. އެހިސާބުން އަހަރެންގެ ދިރިއުޅުން ފުރިހަމަ ވީ އެ'' ރަންވީރު ބުނެފައިވެއެވެ.

މީގެ އިތުރުން ދަރިފުޅަށް ކިޔާނެ ނަން ވެސް ހޯދަމުންދާ ކަމަށް ރަންވީރު ބުނެފައިވެއެވެ.

''އަހަރެން މިހާރު މިދަނީ އަހަރެންނަށް ކަމުދާ ނަންތައް ނޯޓް ކުރަމުން'' ރަންވީރު ފާހަގަ ކޮށްފައިވެއެވެ.

ރަންވީރުއާއި ދީޕިކާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ރަންވީރުއާއި ދީޕިކާއަކީ ފިލުމު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ދެ ފަންނާނުންނެވެ. މި ދެ ފަންނާނުން އެކުގައި ކުޅެފައިވާ ގިނަ ފިލުމު ތަކަކީ ބެލުންތެރިންގެ ތެރޭގައި ވަރަށް މަގުބޫލު ވެގެން ގޮސްފައިވާ ފިލުމު ތަކެކެވެ.

ރަންވީރާއި ދީޕިކާ އެކުގައި ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ''ބާޖިރާއޯ މަސްތާނީ''، ''ޕަތުމާވަތު''، ރާމްލީލާ''، ''83'' ފަދަ ފިލުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    އަހަރެންވެސް ވރަށް ޕްލޭންކުރާކަމެއް ތިޔައީ، ދަރިންނަށް ކިޔާނެ ނަންވެސް އިނގޭ އެކަމަކު ހިތާމައަކީ އަހަރެންނަކީ ހުސްހަށިބައި މީހެއްކަން.

    4
    1