ޕުރިޔަންކާ އަދި ނިކް ގެ ލޯބީގެ ވާހަކަތައް މީސް މީޑިޔާގައި ގަދައަށް ދެކެވެމުން އަންނަ މި ދުވަސްވަރު ގައި އަނެއްކާވެސް މިވަނީ އެދެތަރިންގެ އިތުރު ހަބަރެއް މީޑިޔާތަކުގައި ތިލަވެފައެވެ. އެ ދެ ތަރިންނަށް މަރުދޭ ސަޕޯޓަރަކު އެ ދެމީހުންނާ އެކު ނެގި ފޮޓޯތަކަކަށް މިވަނީ މީޑިޔާގެ ސަމާލުކަން ލިބިފައެވެ.

އެ ދެ ތަރިން ފެނުމާއެކު ފުރުސަތުގެ ބޭނުންކޮށް ނެގި ފޮޓޯ އާއި އެކު މީސްމީޑިޔާގައި އެ އަންހެން ކުއްޖާއަށް ވަނީ ސަމާލުކަން ލިބިފައެވެ. އަދި އެކުއްޖާއަށް ތައުރީފްވެސް ދަނީ އޮހެމުންނެވެ.

ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސް މިހާރު ބްރެޒިލްއަށް ކުރަމުންދާ ދަތުރު ނިންމާލުމަށްފަހު އިންޑިއާއަށްދާނެ ކަމަށްވެއެވެ.

އިންޑިޔާގައި އެ ދެތަރިން މީގެކުރިން ހޭދަކުރި މުއްދަތުގައި ވަނީ ޕްރިޔަންކާގެ އާއިލާގެ މެމްބަރުންނާއި ނިކް ބައްދަލުކުރުވުމުގެ އިތުރުން އިންޑިޔާގައި އެ ދެތަރިން ހޭދަކުރި އުފާވެރި ދުވަސްތަކުގެ މަންޒަރުތައް އިންސްޓަގުރާމްގައި ހިއްސާކޮށްފައެވެ.

އޭގެ އިތުރުން ނިކްވަނީ ޕުރިޔަންކާ މަސައްކަތް ކޮށްފައިވާ ބައެއް ފިލްމުތައް ބަލާފައެވެ. އޭނާ ބެލި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑަށް ކަމުދިޔައީ ބާޖިރާއޯ މަސްތާނީގައި އޭނާ ދައްކުވައިދީފައިވާ އެކްޓިންކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މި ދެތަރިން ވަރަށް އަވަހަށް އެންގޭޖް ވާނެއެވެ. ހަމަ ޔަގީނުންވެސް މިއީ ޕުރިޔަންކާއަށް މަރުދޭ އޭނާގެ ސަޕޯޓަރުން އުފާވާނެ ހަބަރެއްކަން ޔަގީނެވެ.

ނަމަވެސް އަދިވެސް މި ދެ ތަރިންއެކަން މިޑިޔާތަކަށް އަދި އެމީހުންގެ ސަޕޯޓަރުންނަށް މިއިން އެއްވެސްކަމެތް ޔަގީންކޮށްދީފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހހ

    ދެން ކީކޭ ދޯ ބުނާނީ!!! ހެޑިންގަ އޮތް ސުވާލުގެ ޖަވާބު ބޭނުން ވާތީ ހަބަރު ކިޔާލީ.. އެކަމަކު ދެން އަމިއްލަޔަށް ޖަވާބު ހޯދަން ޖެހޭނީ ދެން.. ވަގުތު ނުބުނާނެ އޭގެ ޖަވާބެއް..

    ކިޔުންތެރިންގެ ކޮމެންޓް ތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ ލިޔުންތެރިކަން ކުރިއެރުވުމަށް ވަގުތުން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރަން