މަސްތުވާ ތަކެތީގެ މައްސަލައެއްގައި ޖަލު ބަންދުގައި ހުރި ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ އުޅުން ރަނގަޅުކޮށް ނިކަމެތިންނަށް އެހީތެރިވެދޭނެ ކަމަށް ވަޢުދުވެއްޖެއެވެ.

އޮކްޓޫބަރު 20 އާއި ހަމައަށް ޖަލުގައި ހުރުމަށް ހުކުމު ކޮށްފައިވާ އާރްޔާން މިހެން ބުނެފައިވަނީ ޖަލުގައި ގައިދީންނަށް ދޭ ކައުންސިލުގެ ސެޝަނެއްގައެވެ.

''އެންމެން ވެސް އަހަރެންނާއި މެދު ފަޚުރުވެރިވާ ފަދަ ކަންތައްތައް އަހަރެން ކުރާނަން'' ވިޔާނުދާ އުޅުން ދޫކޮށް ނިކަމެތިންނަށް އެހީތެރިވުމަށް ވަޢުދުވެފައިވައިވާ އާރްޔަން ޚާން އެންސީބީގެ އޮފިޝަލުން ގާތު ބުނެފައިވެއެވެ.

މި މައްސަލާގައި ހައްޔަރު ކުރެވުނު ހަތް މީހަކަށް ދެވުނު މި ކައުންސިލްގައި ބައިވެރިވެފައިވަނީ އެންސީބީގެ ޒޯނަލް ޑައިރެކްޓަ ސަމީރު ވަންކެޑޭއާއި ބައެއް ސޯޝަލް ވޯކަރުންނެވެ.

ކައުންސެލިން ސެޝަންގައި އާރްޔަން ބުނެފައިވަނީ އިޖުތިމާއީ ގޮތުންނާއި ފައިސާގެ ގޮތުން ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެދޭނެ ކަމަށާއި މުޖުތަމައު ގަބޫލު ނުކުރާ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

އޮކްޓޫބަރު ތިން ވަނަ ދުވަހު މަސްތުވާ ތަކެތީގެ މައްސަލައެއްގައި އާރްޔާން ޚާން ހައްޔަރު ކުރެވުމަށް ފަހު، ކަފާލާތުގެ ދަށުން އާރްޔަން ސަލާމަތް ކުރުމަށް ހަތަރު ފަހަރު ވަނީ ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެ ހަތަރު ފަހަރު ވެސް ކޯޓުން އެ ހުށަހެޅުން ގަބޫލު ކޮށްފައެއް ނުވެއެވެ.

އާރްޔަންގެ މި މައްސަލައިގެ އަޑުއެހުމެއް ދެން އެންމެ އަވަހަށް އޮންނާނީ އޮކްޓުބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އާރްޔަންގެ މި މައްސަލައިގެ ސަބަބުން ފުން އަސަރުތަކެއް ކޮށްފައިވާ އާރްޔަންގެ ބައްޕަ، ޝާހުރުކް ޚާނާއި މަންމަ ގައުރީ ޚާން ވަނީ ނިދުމާއި ކެއުމުން ދުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންމަންމަ

    ދިރިއުޅުމުގައި އިބްރަތް ހާސިލްކުރަންވާނެ // ތިހެންވިއްޔާ ރަނގަޅު // ރަނގަޅު ވިސްނުމެއް ހުރިއްޔާ ތިޔަހެންވެދާނެ // ކުށްވެރިންގެ ހިޔަލަކީ އާންމުމީހަކަށްވެސް ފަސޭހަވާނެތަނެއް ނޫން //

    19
  2. ވަހީދު ބެ----

    ޕާޓޭން ގެ ވާހަކަ އާއި އާޓު ވަރަށް މޮޅުވާނެ!

    5
    2