ބޮލީވުޑުގެ ބަތަލާ އުރުވަޝީ ރައުޓެލާ ލައިގެން ހުރި ހެދުމުން އަގުޓެގުކޮޅު ފެންނާން ހުރުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އުރުވަޝީއަކީ ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން ފެޝަނަށް ވަކީން ހާއްސަ ސަމާލުކަމެއް ދޭ ފަންނާނެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ޖޫހޫގެ މަގުމަތިން ޕެޕަރާޒީންނަށް އުރުވަޝީ ފެނުމުން އޭނާގެ ފޮޓޯތައް ނަގަމުން ދިޔަ ބައެއް ފަރާތްތަކުގެ ލޮލުގައި އަޅައިގަތީ ހެދުމުގައި އިން އަގުޓެގް ކޮޅެވެ.

ހެދުމާއި އިސްތަށިގަނޑު އަދި އަރައިގެން ހުރި ފައިވާނުން ވެސް އުރުވަޝީގެ ސްޓައިލް ދައްކުވައިދީފައިވީ ނަމަވެސް ހެދުމުން ފެންނަން އިން ޓެގްކޮޅު ވެގެން ދިޔައީ އުރުވަޝީއަށް ފާޑުކިޔުންތައް އަމާޒުވި ސަބަބަކަށެވެ.

އައު ބްރޭންޑެޑް ހެދުންތަކާއި ފައިވާނީ ގަހަނާއާއި އަތްދަބަސް ފަދަ ތަކެތި އެންމެ ފުރިހަމައަށް އަބަދުވެސް ދައްކުވައިދޭ މި ބަތަލާއަށް މިފަހަރު ހެދުނު މި ގޯހުގެ ސަބަބުން އޭނާ ލަދުގަންނަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަގު ނުދެއްކިޔަސް އަގުބޮޑު ހެދުންލާކަން އެނގޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ހަފުލާއެއްގައި ބައިވެރިވުމަށް އުރުވަޝީ ލައިގެން ހުރި ޕްރިންޓެޓް ޓޮޕްކޮޅުގެ ފުރަގަހުން ގިރުވާނާ ދިމާއިން ޓެގްކޮޅު ރީއްޗަށް ފެންނަން ހުރެއެވެ. އޭނާގެ އިސްތަށިގަނޑު ވެސް އައްސާފައި ވުމާއި އެކުގައެވެ.

ރިޕޯޓަރުން ބުނެފައިވާ ގޮތުގައި އުރުވަޝީގެ މި ހެދުމުގެ އަގަކީ 67،697 އިންޑިއަން ރުޕީސްއެވެ.

އުމުރުން 27 އަހަރުގެ އުރުވަޝީއަކީ 2015 ވަނަ އަހަރުގެ މިސް ޑީވާ އަދި 2015 ވަނަ އަހަރުގެ މިސް ޔުނިވާސް ކާމިޔާބު ކޮށްފައިވާ ފަންނާނެކެވެ.

އުރުވަޝީ ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ''ހޭޓް ސްޓޯރީ 4''، ''ގުރޭޓް ގުރޭންޑް މަސްތީ''، ''ސަނަމް ރޭ''، ''ޕާގަލް ޕަންތީ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހެހެ

    އަހަރެމެންނަށް ފާހަނގަވީ ހެދުން ނުދޮވެ ލައިގެން ހުރިކަން..

    27
    1
    • އަސްލުވެސް

      މަށަށްވެސް ހަމަ ތިގޮތަށް ފުރަތަމަވެސް ހިތަށްއެރީ. ހާދަ ސާފުތާހިރުކަން ކުޑަ ބައެކޭ މި އިންޑިއާ މީހުންނަކީ

  2. Anonymous

    މީނުވެސް ދޮވެ ހެދުންލާ މަންޖެއްތާ.
    ފިހާރައިން ގެންނަ ގޮތަށް އަވަހަށް އާހެދުން ނުލެވިގެން ހާހާ

  3. Anonymous

    މަ އިކަލް ޖެކްޝަން އެކޭ ނެތެ އްނު ތަފާތެ އއް. ތިމާ އަށް ދެ އްވި މިންވަރާމެދު ބޮޑާވެ ހިތްނުފުރިގެން ހިތަށް އެރީ އަދި މިވަރުވެސް ކުޑަ އޭ. " އާގޮތެ އް ހަދާލީމަޔޭ ކަމުދާނީ. ދެން ދޮންވީ. މީނާވެސް ހަމަ މިގޮތް

  4. އަލިބެއްޔާ

    ނުތާހިރު ބައެއްނު.. ހަމަ މޭކަޕުން އެ ހިފަހައްޓާލަނީ.. ރަނގަލަށް ފެންޖަހާ ދޮވެލަން ފެށީމަ ފެހި ޖަހާފަ ހުރި ވަރު އެނގޭނެ..

  5. ،މީން

    ، މަސްހޫރު މީހުން ހެދުން ގަހަނާ ބޭނުންކޮށްފަ ރިޓާން ކުރޭ. އެހެންވެ ޓެގު ނުނައްޓަނީ

  6. ނުދޮންނަ ހެދުން

    ޔަީނޭ ނުދޮވެލީކަން އޭތި 🎉