ބޮލީވުޑުގެ ބަތަލާ ބިޕާޝާ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ބިޕާޝާގެ މި ދަތުރުގައި ބައިވެރިވެފައިވަނީ އޭނާގެ މަންމަ މަމްތާ ބާސޫއާއި ބައްޕަ ހިރަކް ބާސޫގެ އިތުރުން ފިރިމީހާ ކަރަން ސިންގް ގްރޯވާއެވެ.

ބިޕާޝާ އިންސްޓަގްރާމް ސްޓޯރީއަށް ލި ޕޯސްޓެއް

 

ބިޕާޝާގެ އިންސްޓަގުރާމު ސްޓޯރީގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގައި ބިޕާޝާގެ އިތުރުން މަންމައާއި ބައްޕަ އަދި ކަރަން ފެންނަނީ އެއާޕޯޓް ތެރެއިންނެވެ.

މި ވީޑިއޯގައި ބިޕާޝާގެ މަންމައާއި ބައްޕަ ހުރީ ވަރަށް އުފަލުން ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖެ އާދެވެމުން އެންމެންގެ އިހުސާސްތައް ރެކޯޑު ކޮށްފައިވާ ވީޑިއޯ އިންސްޓަގުރާމު ޕޯސްޓުގައި ހިއްސާކޮށް ހިތް އެމޯޖީއަކާއި އެކު ބުނެފައިވަނީ ރާއްޖޭގައި ހުރި ކަމަށެވެ.

ބިޕާޝާ އިންސްޓަގްރާމް ސްޓޯރީއަށް ލި ޕޯސްޓެއް

މި ދަތުރުގެ އެއްވެސް ފޮޓޯއެއް މިހާތަނަށް އިންސްޓަގުރާމުގައި ޕޯސްޓު ކޮށްފައި ނެތް ނަމަވެސް ރިޕޯޓްތަކުން ބުނާގޮތުގައި ބިޕާޝާގެ މި ދަތުރަކީ އޭނާގެ މަންމަ މަމްތާގެ އުފަންދުވަސް ފާހަގަ ކުރުމަށް އައި ދަތުރެކެވެ.

މީގެ އެއްދުވަސް ކުރިން ބިޕާޝާ ވަނީ އޭނާގެ މަންމަގެ ފޮޓޯ އިންސްޓަގުރާމުގައި ހިއްސާކޮށް މަންމައަށް އުފަންދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުން ފޮނުވާފައެވެ.

ބިޕާޝާގެ މިދަތުރަކީ މި އަހަރު އޭނާ ރާއްޖެއަށް ކުރާ ދެވަނަ ދަތުރެވެ. މި އަހަރުގެ ފެބްރުއަރީ މަހު ކަރަން ސިންގްގެ އުފަންދުވަސް ފާހަގަ ކުރުމަށް ވެސް ބިޕާޝާއާއި ކަރަން ވަނީ ރާއްޖެ އައިސްފައެވެ.

ހިތްގައިމު އެތައް ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ބިޕާޝާއާއި ކަރަން ރާއްޖެއިން ފުރުމުގެ ކުރިން މެހުމާންދާރީއަށް ޝުކުރު އަދާކޮށް ބުނެފައިވަނީ އަދި ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ ކަމަށެވެ.

އޭގެ ފަހުން ހަތްވަރަކަށް މަސް ފަހުން މަންމަގެ އުފަންދުވަސް ފާހަގަ ކުރުމަށް ބިޕާޝާއާއި ކަރަން ރާއްޖެއައީއެވެ.