ޕައިލެޓުންނާއި ކެބިން ކުރޫއިންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ފަހުގެ ހޯދުންތަކުން ދައްކައިފިއެވެ.

އެގޮތުން އެމީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވަނީ އުޅެން ޖެހޭ ވަޒީފާގެ ގޮތުން ގިނަ އިރު މަތީގައި އުޅެން ޖެހުމުގެ ސަބަބުންނެވެ.

އަދި އެކަމުގެ ސަބަބުން ސިއްހަތަށް އެތަކެއް ގޮތަކުން ގެއްލުންވާ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ކެނެޑާގެ ސައިންސްވެރިންގެ ޓީމަކުން ވަނީ މިކަން ކަށަވަރު ކުރުމަށް 5000 ވުރެއް ގިނަ ކެބިން ކުރޫއިން ބޭނުންކޮށްގެން ތަހުލީލެއް ކޮށްފައެވެ. އެ ތަހުލިލުގެ ނަތީޖާ ދައްކާގޮތުން ކެބިން ކުރޫއިންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 50 އިންސައްތައަށް އިތުރުވެއެވެ. އަދި ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުސަތު 74 އިންސައްތައަށް އިތުރުވެއެވެ.

ކެބިން ކުރޫއިންނާއި ޕައިލެޓުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ މައިގަނޑު ސަބަބަކީ ހަށިގަނޑަށް ނުރައްކާ ކުރާ ރޭޑިއޭޝަން ތަކާއި ވަޒީފާގެ ގޮތުން ކެއުމުގެ އާދަތަކާއި ނިދުމުގެ އާދަތަކަށް އަންނަ ނޭދެވޭ ބަދަލެވެ.

އަދި ކެބިން ކުރޫއިންނާއި ޕައިލެޓުނަށް އުރަމަތީގެ ކެންސަރާއި ގޮހޮރުގެ ކެންސަރުގެ އިތުރުން ހަމުގެ ކެންސަރާއި އަނގައިގެ ކެންސަރު ޖެހުމަށްވެސް މަގުފަހިވެއެވެ.

އެހެންކަމުން ކެންސަރުން ސަލާމަތްވުމަށް ރޭޑިއޭޝަން ޑޯޒް ނުވަތަ ރޭޑިއާސަންގެ ނުރައްކަލުން ސަލާމަތްވާނެ ގޮތްތަށް ބަލުން މުހިންމެވެ. އަދި ދިރިއުޅުމުގެ އާދަތަށް ބަރާބަރަށް ރޭވުމާއި އެކު ގަޑިން ގަޑިއަށް ކެއިން ބުއިމާއި ހަމަ ނިދި ނިދުމަށް އިސްކަން ދިނުމަކީވެސް ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. އަދި ދަތުރު ނިންމާފައި އައިސް ސާފުތާހިރު ވުމަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވެދޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަރަށްވާހަކަ

    އަސްލުތީކީ ނޫން ވާ ގޮތަކީ އުރަމަތީ ކެންސަރާ ރަހިމް ގެ ކެންސަރާ ޖެހެނީ އުޅެން ވާ ގޮތަ ނޫޅޭތީ

    • ހައްގު

      ތެދު ވާހަކައެއް ތިބުނީ

  2. ީިުއިރު

    ޢަންހެނުންނާއި ފިރިހެނުންންށްވެސް ކެންސްރު

    ޖެހުމުގެ ފުރުސަތު ވަރަށްބޮޑު މިހާރުވެސް ވަރަށްގިނަމީހުންން ވަނާ ކެންސަރު ޖެހިފަ