ޖެނިފާ ގޭޓްސް މިސްރުގެ މުސްލިމެއް ކަމަށްވާ ނަޔެލް ނައްސަރު އާއި ކައިވެނި ކޮށްފިއެވެ.

ޖެނިފާ ގޭޓްސް އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އެންމެ ގިނަ ދުވަހު ދެމެހެއްޓި އަދި މިހާރުވެސް އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅެވެ.

ޖެނިފާ އާއި ނަޔެލް ކައިވެނި ކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ކައިވެނި ކުރީ މުސްލިމުން ކައިވެނި ކުރާ ގޮތައް މުސްލިމުންގެ އާދަކާދަ އާއި އެއްގޮތައް ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ. ހޮނިހިރު ދުވަހު ހަވީރު ވަނީ ކައިވެނީގެ ފޮޓޯ ޝޫޓެއް ކުރިއަށް ގެންގޮސްފައެވެ. ފޮޓޯ ސެޝަންގައި ބައިވެރިވީ ޖެނިފާ އާއި ނަޔެލްގެ ވަރަށް ގާތް ނުވަ މީހެކެވެ. އޭގެތެރޭގައި ޖެނިފާގެ ބައްޕަ ބިލް ގޭޓްސް އާއި މަންމަ މެލިންޑާ ވެސް ހިމެނެއެވެ.

އޭގެ ފަހުން ވަނީ ކައިވެނި ޕާޓީއެއް ބާއްވާފައެވެ. ކައިވެނި ޕާޓީގައި 300 ވަރަކަށް މީހުން ބައިވެރިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުމުރުން 25 އަހަރުގެ ޖެނިފާ އަކީ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާ އާއި ނަޔެލް ބައްދަލުވީ އަސް ދުއްވުމުގެ ތެރެއިންނެވެ. ނަޔެލް އަކީ ޕްރޮފެޝަނަލް އަސް ދުއްވުންތެރިއެކެވެ. ޖެނިފާ އަކީ ވެސް އަސް ދުއްވުމަށް ވަރަށް ލޯބިކުރާ މީހެކެވެ. ޖެނިފާ ހުސްވަގުތު އެންމެ ގިނައިން ކުރާ ކަމަކީ އަސް ދުއްވުމެވެ.

ނަޔެލް އަކީ މިސްރަށް އުފަން އެގައުމުގެ ރައްޔިތެކެވެ. ނަމަވެސް އޭނާ އުމުރުގެ ބޮޑުބައި ހޭދަކުރީ ކުވޭތުގައެވެ. ނަޔެލް އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރީ 2009 ވަނަ އަހަރު އެވެ. ނަޔެލް އާއި ޖެނިފާ އެންގޭޖް ވިކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޯސް

    ކީއް. ބިލް ގޭޓްސް އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް. ފިރުއައުނުގެ ދަރިޔަކާ މުސްލިމަކު އިނުމުން އިސްލާމްދީނަށް ލިބޭ ނަސްރަކީ

    9
    8
  2. Anonymous

    ނޫޅެން. ލޯތްބެ އް ނޫން

    8
    6
  3. ޢަލީ

    ނަން މުސްލިމަކަށް ވަނީ
    އުޅެނީ ޔަހޫދީން ގެ ފަލްސަފާއަށް

    10
    5
  4. Anonymous

    މިބައިމީހުންނަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވާނދޭވެ އާމީން