ފިލްމީ ދާއިރާއިން ކުރިޔަށް ދިއުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުގެ އެހީތެރިކަން އެ ދާއިރާއަށް ނުލިބުން ކަމަށް ހުނަރުވެރި ފިލްމީތަރި، ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފިއެވެ.
ޔޫއްޕެ ބުނީ ސަރުކާރުގެ ފަރާތުން ހިއްވަރަކާއި، އެހީތެރިކަމެއް ލިބިފައިވާނަމަ، ދިވެހިންގެ ފިލްމުތައް ވެސް މިހާރު ރާއްޖެއިން ބޭރުގައި ދެއްކެން ހުންނާނެ ކަމަށެވެ. އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ފިލްމީ ދާއިރާގެ މީހުންނަށް 'ސަޕޯޓް" ދޭނެ ބަޔަކު ނެތުމުންކަން ޔޫއްޕެ ފާހަގަ ކުރިއެވެ.
ޔޫއްޕެގެ އިތުރުން ބަތަލާ ނިއުމާ މުހައްމަދު ވެސް ވަނީ މިކަމަށް އެއްބަސްވެ ވާހަކަ ދައްކާފައެވެ. ނިއުމާ ބުނީ މިދުވަސްވަރުގެ ގޮތުން ފިލްމީ ދާއިރާއަކީ ސަރުކާރުން އަޅާނުލާ ދާއިރާއެއްކަން ވަރަށް ރީތިކޮށް އެނގޭ ކަމަށެވެ.
"މިހާރު ހުރިހާ ފަންނާނުން ގޮތަކަށް މިތިބީ ކުރާނެ މަސައްކަތެއް ނެތިފައި. ކުރެވޭނެ ގޮތެއް ނެތިފައި. ފިލްމް ހަދާފައި ތިބި ޕްރޮޑިއުސަރުން ތިބީ ފިލްމް އެޅުވޭނެ ގޮތެއް ނެތިފައި. އެތައް ބަޔެއްގެ ލާރި ތާށިވެފައި. ބޮޑު ގެއްލުމެއްގެ ތެރޭގައި. ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ވަަށް ހާލުގައި އުޅެނީ" ނިއުމާ ބުންޏެވެ.
ޔޫއްޕެ އާއި ނިއުމާ ގަބޫލުކުރަނީ ސަރުކާރުން ފިލްމީ ދާއިރާއަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބެންޖެހޭ ކަމަށެވެ. ޔޫއްޕެ ބުނީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހުނަރުވެރި ކުދިން އެބަތިބި ކަމަށެވެ. ނަމަވެސް، ކުދިން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމަށާއި، ފުރުސަތު ނުލިބުމުގެ ސަބަބުން ޒުވާނުންގެ ހުނަރު ގެއްލެމުންދާކަން ޔޫއްޕެ ފާހަގަ ކުރިއެވެ.
"ދިހަ އަހަރު ފަހުންވެސް ބޭނުންވަނީ ރާއްޖޭގެ އެއްޗެސްތައް ބޭރުގެ މާހައުލުތަކުން ފެނި، ދިވެހިންނަކީ ކޮންބައެއްކަން އިނގެން" ޔޫއްޕެ ބުންޏެވެ.
ވިޔަފާރީގެ އެއްވެސް ދާއިރާއަކީ ސީދާ ސަރުކާރުން މާލީ އެހީތެރިކަން ދޭންޖެހޭނެ ދާއިރާއެއް ނޫން. ސަރުކާރުން ފެސިލިޓީޒްތައް ގާއިމުކޮށްފައި ކަންކަން ކުރެވޭނެ ގޮތަށް ގަވާއިދާއި ގާނޫނު ހެދުމުން ނިމުނީ. އޮލިމަޕަސް އެހުރީ ޒަމާނީ ފެންވަރަށް ހަދާދީފައި. ފިލްމު ހަދައިގެން ފިލްމު އަޅުވައިގެން އެއިން ނަފާ ހޯދުމަކީ ފިލްމް ކުޅޭ މީހުންނާއި ފިލްމު އުފައްދާ މީހުންގެ ކަމެއް. އެހެނެއް ނޫން އުފައްދާ ފިލްމަކަށް ދައްކަންޖެހޭ ޓެކްހެއް މާފުކުރުން ނުވަތަ މަދުކުރުން ފަދަ ކަމަކަށް ސަރުކާރުން އެހީތެރިވެދިނުމަކީ އެންމެރަނގަޅު ކަމެއް. ފިލްމު އުފެއްދުމަށް ލޯނުގެ ގޮތުގައި ފަންޑު ލިބޭނެ ފަސޭހަ އިންތިޒާމެއް އޮތުމަކީ އެންމެރަނގަޅުކަމެއް.
ކޮން އެހީއެއް,ހުރިހާ ކަމެއް ކޮށްދީފަ, ސިނަމާ އަދި އެންސީއޭ ވެސް އަދި ސިޔާސީމަގާމުހަދާފަ އެކްޓަރުންނަށް މަގާމުވެސްދީފަ އެހެރީ. ކަލޭމެނަސް މިލިއަނުން ފަންޑުކުރާކަށް ނުޖެހޭ
ރައްޔިތުންނަށް ސަރުކާރުން ކޮންމެހެން ކޮށްދޭންޖެހޭ ކަންތައް ފުރިހަމަ ނުކުރެވިގެން އުޅޭއިރު، އެކަން ބަހައްޓާފަ ނާޗަރަންގީއަށް ސަރުކާރުން އެހީވާކަށް ނުޖެހޭ، އެހެން ގައުމުތަކުގައިވެސް ފިލްމް އިންޑަސްޓްރީ ތަރައްޤީކުރުމުގައި ސަރުކާރުގެ ރޯލެއް ނޯވޭ، އިސްތައްޓޭ ނުކިޔާ
ޔޫއްޕެވެސް ނިކަން މި ސަރުކާރަށް ސަނާކިޔާބަލަ! އޭރުން ދާއިރާ ކުރިއަރުވަން 25000 ރުފިޔާ ލިބޭ ސިޔާސީ މަޤާމެއް ދޭނެ! ދެން އިތުރަށް ކުރިއަރުވާކަށް ނުޖެހޭނެ!
ބޮޑުސޭޓު ގެ ހަޔާތަށް ހަދާ ފިލްމާ އެކު ފިލްމީ އިންޑަސްޓްރީ މުއްސަނދިވާނެ. ސޭޓު ލައްވާ ކުޅުވާނީވެސް އެ.
ރައްޔިތުންގެ ލާރިން ފިލްމީ ދާއިރާއަށް ޚަރަދު ކުރަން ދެކޮޅު. ރައްޔިތުންގެ ޒަރޫރީ ބޭނުން ނުފުދި ތިއްބަ ނުޖެހޭނެ ފިލްމީ ދާއިރާއަށް ޚަރަދު ކުރާކަށއ
ސަރުކާރުން އެހީނުވިއަސް އެހީވެވޭނެ އަމިއްލަ މުއްސަދިން ބައިވަރު މިޤައުމުގައި އެބަތިބި ! އެކަމު އެމީހުންނަކީ އެއްވެސް ދާއިރާއެއްގެ ފަންނާނުންނަކަށް އެހީ ވި ، ވާނެ ބައެއްނޫން ! އެމީހުންނަކީ ސިޔާސީ ކުޅިގަޑު ކުޅެގެން އަދިވެސް ގިނަ ފައިސާ ހޯދަން އުޅޭ ބައެއް! އެއްވެސް ދާއިރާއެއްގެ ފަންނާނުން ނަކަށް ސަރުކާރަކުންވެސް ދިވެހި މުއްސަދިންވެސް އެއްވެސް އިރެއްގާ ކުރިއެރުމެއް ހޯދާދީ އެހީތެރިކަން ފޯރު ކޮށްދޭކަށް ނޫޅޭ !
އެއްވެސް ސަރުކާރަކުން ނުބުނޭ ކަލޭމެން ފިލިމުކުޅޭށެކޭ!!! ސަރުކާރުން ނުވެސް ޖެހޭ ފާހިޝް ކަންކަން ކުރުމަށް ހިތްވަރުދީ ލަކިޔުވާ ފިލުމުކުޅެ ނާޗަރަންގީ ކުޅުވާކަށް. ސާފުވޭތޯ ޔޫސުފް.
އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިން ފިލްމް ކުޅުން