ބޮޑު ތަރުހީބެއް ލިބިގެން ދިއުމާއި ގުޅިގެން ވޮންޑަ ވުމެންގެ ތިންވަނަ ބައެއް އުފައްދަން ނިންމައިފިއެވެ.

ޑައިރެކްޓަރ ޕާޓީ ޖެންކިންސް ބުނީ ވޮންޑަ ވުމެންގެ ތިންވަނަ ބައިގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިކަމަށް ވަރަށް އުފާވެފައިވާ ކަމަށް އޭނާ ބުންޏެވެ. ”ވޮންޑަ ވުމެން“ އާއި ”ވޮންޑަ ވުމެން 1984“ ވެސް ޑައިރެކް ކޮށްފައި ވަނީ އޭނާއެވެ.

ވޮންޑަ ވުމެން ކްލެސިކް ޓީވީ ސީރީސްގެ އެކްޓަރ ކިންޑާ ކާޓާ އާއި ވާހަކަ ދައްކަމުން ޑައިރެކްޓަރ ޕާޓޫ ޖެންކިންސް މިކަން ހާމަކޮށްފައިވާއިރު މި ފިލްމުގެ ކެރެކްޓަރ ގަލް ބައިވެރިވެފައި ނުވެއެވެ.

ގަލް އަކީ މިހާރު ވަރަށް ބުރަ މަންމައެއް އަދި ފިލްމީތަރިއަކަށް ވެފައިވާކަމަށް ޖެންކިންސް ބުނެ އެވެ. މި އަހަރުގެ ޖޫން މަހުގައި ގަލް އަށް ފިރިމީހާ ޔަރޮން ވާސަނޯ އާއި އެކު ވަކީ ތިންވަނަ ކުއްޖަކު ލިބިފައެވެ.

މިހާރު ގާލްގެ ތިބި ދެ އަންހެން ކުދިންގެ ތެރޭގައި 9 އަހަރުގެ އަލްމާ އާއި ހަތަރު އަހަރުގެ މާޔާ ހިމެނެއެވެ.

އެންމެ ފުރަަތަމަ ވޮންޑަ ވުމެންގެ ފިލްމެއް ނެރެފައި ވަނީ 2017 ވަނަ އަހަރުގައި އެވެ. އަދި ވޮންޑަ ވުމެން 1984 ތިއޭޓަރު ތަކުގައި އާއި އެޗްބީއޯ މެކްސް އިން ވަނީ ސްޓްރީމްވެސް ކޮށްފަ އެވެ.

އެހެން ފިލްމުތައް އުފެއްދުމުގައިވެސް ދަތިތަކެއް ކުރިމަތި ވީ ގޮތަށް މި ފިލްމު އުފެއްދުމަށްވެސް ކޮވިޑް-19 ގެ ސަބަބުން ދަތިތަކެއް ކުރިމަތިވިކަން ފާހަގަ ކުރެވެއެވެ. އަދި ކުރީގެ ފިލްމު ނެރުމުގައިވެސް ލަސްތަކެއް ވިއެވެ.