ބޯމައްޗަށް އެތައް ސަތޭކަ ބިހެއް ލައިގެން މީހަކު ދުނިޔޭގެ ރިކޯޑެއް ފޮތުން ޖާގަހޯދައިފިއެވެ.

އެފްރިކާ އަށް ނިސްބަތްވާ މި މީހާ ވަނީ ބޯމައްޗަށް 735 ބިސް ލައިގެން ކޮޅަށް ހުރެ، ބެލެެންސްކޮށް ބިންމައްޗަށް ނުވައްޓާ ހުރެފައެވެ. ގްރޭގޮރީ ދަ ސިލްވާ ނަމަކަށް ކިޔާ މި މީހާ އަކީ ރިޕަބްލިކް އޮފް ބެނިން އަށް ނިސްބަރްވާ ފިރިހެނެކެވެ.

ގިނެސް ވޮލްޑް ރިކޯޑް އިން އިންސްޓަގްރާމަށް ލާފައިވާ ގްރޭގޮރީގެ މި ވީޑިއޯ އިން ފެނިގެންދާ ގޮތުގައި އޭނާ ވަނީ ބޮލުގައި އަޅައިގެން ހުރި ތޮފީގެ މައްޗަށް 735 ކުކުޅު ބިސް ލައިގެން ކޮޅަށް ހުރެފައެވެ.

އެތައް ސަތޭކަ ބިހެއް އެއްފަހަރަކާ މިގޮތަށް ބޯ މައްޗަށް ލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމަކަށް ނުވާއިރު މި ވީޑިއޯ ބަލާފައިވާ އެތައް ބަޔަކު ވަނީ ގްރޭގޮރީ އަށް ތައުރީފު ކޮށްފައެވެ.

ގްރޭގޮރީ މި ރެކޯޑު ހެދުމަށް ތިން ދުވަސް ވަންދެން ބޯމައްޗަށް ބިސް ލަމުން ބެލެންސް ކުރަމުން ދިޔައެވެ. އޭނާގެ މި ރެކޯޑު ހަދަން ތައްޔާރުވަމުން ދިޔައިރު ބޯމައްޗަށް އެރުވި ބިސްތަކުގެ ތެރެއިން އެތައް ބިހެއް ވަނީ ބިންމައްޗަށް ވެއްޓިފައެވެ.

ފާއިތުވި އަހަރުގެ މެހި މަހު އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ މީހަކު ވެސް ވަނީ މިފަދަ ރެކޯޑެއް ހަދާފައެވެ. އޭނާ ހެދި ރެކޯޑަކީ އަތް މައްޗަށް 18 ކުކުޅު ބިސް ލައިގެން ބެލެްސް ކުރުމެވެ. އޭނާ އަށްވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.