ބޮލީވުޑްގައި އެންމެންގެ މަގުބޫލުކަން ހޯދާފައިވާ ސަލްމާން ޙާންގެ ބޮޑީގާޑްގެ ދަރިފުޅު ބޮލީވުޑަން ނެރުމުގެ މަސައްކަތް ސަލްމާން ކުރަމުން އެބަދެއެވެ.

ސަމްލާންގެ ބޮޑީގާޑްގެ ގޮތުގައި 30 އަހަރުދުވަހު ހޭދަކޮށްފައިވާ ވަފާތެރި ގުރުމީތް ސިންގް ޖޮލީގެ ދަރިފުޅު ފިލްމެއްގެ ލީޑް ރޯލްއިން ފެންނާނެ ކަމަށް ސަލްމާން ވަނީ ބުނެފައި އެވެ.

ރިޕޯޓްތަކަށް މައުލޫމާތުދެމުން ސަލްމާން ބުނިގޮތުގައި މިއީ އޭނާ ވެފައިވާ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބޮޑީގާޑްގެ ފިރިހެން ދަރިފުޅު ފުރަތަމަ ވިހޭ ދުވަހު އޭނާ ވާނީ އެކުއްޖާ ސްޓާ އަކަށް އޭނާ ހަދައިދޭނެ ކަމަށް ބުނެފައި ކަމަށެވެ. އަދި އެއީ އޭނާ މަޖަލަކަށް ބުނިއެއްޗެއް ނޫން ކަމަށާއި ބޮޑީގާޑްގެ ދަރިފުޅު މިހާރު އެ އުމުރުފުރާއަށް ވަނީ އަޅާފައި ކަމަށެވެ.

ބޮޑީގާޑް ޝޭރާ ބުނިގޮތުގައި ސަލްމާން ދަރިފުޅު ލިބުނު ދުވަހު އެހެން ބުނި ކަމަށާއި އެކަމަކު އެއީ އޭނަ މަޖަލަކަށް ބުނި އެއްޗެއް ކަމަށް ހީކުރި ކަމަށެވެ. ނަމަވެސް ދަރިފުރު ފުރާވަރަށް އެޅުމުން ފިލްމެއްގެ ލީޑް ރޯލުން ނެރުމަށް މަސައްކަތް ކުރާ ކަމަށް ސަލްމާން ބުނުމުން ބޮޑު ހައިރާން ކަމެއް ގެނުވި ކަމަށެވެ.

އެގޮތުން މިހާރު ބޮޑީގާޑްގެ ދަރިފުޅު މިހާރު ދަނީ ޓްރެއިންތައް ނަގަމުންނެވެ. އަދި ޓްރެއިނިން ނަގައި ދިނުމުގައި އުޅެނީ ސަލްމާން އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ޓައިގާ ޒިންދާ ހޭ" ގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރް އެވެ. ސަލްމާން ބުނިގޮތުގައި ވަރަށް އަވަހަށް ބޮޑީގާޑްގެ ދަރިފުޅުގެ ފިލްމުގެ ވާހަކަތައް މީޑިޔާއަށް ހިއްސާކުރާނެ ކަމަށް ބުނެފައި އެވެ.