މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަސްވަރެކެވެ. އެ ދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި މައިމީހާ ހުރުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ. އެހެނީ މައިމީހާގެ ރަހިމުގެ ތެރޭގައި ހެދިބޮޑުވަމުން އަންނަ ތުއްތު ކުއްޖާ ދުޅަހެޔޮކަން މަތީ ދުނިޔެއަށް ނޭވާ ލުމުގެ ފުރިހަމަ ބާރު މައިމީހާގެ ސިއްހަތާއި ގުޅިފައި ވާތީއެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ދުޅަހެޔޮކަންމަތީ ހުރުމަށް ރަނގަޅު މޭވާއާއި ތަރުކާރީ ކާން ޖެހެއެވެ. އެގޮތުން ފެހި އާފަލަކީ މާބަނޑު ދުވަސްވަރު ކެެއުމަށް ހާއްސަ އިސްކަމެއް ދޭންވީ އެއްޗެކެވެ.

ވިހެއުމުގައި ވާ ތަދު ލުއިވުން

ފެހި އާފަލަކީ ވިހެއުމައިވާ ތަދު ކުދަކުރުމަށް ކެވިދާނެ އެއްޗެކެވެ. އެއީ އޭގައި އެކުލެވޭ ސޯޑިއަމް އާއި ޕޮޓެންސިއަމްގެ މާއްދާތަކުގެ ސަބަބުން ތަދު އިހްސާސް ކުރުވާލެއް ކުޑަވެގެންދާތީއެެވެ.

ދާހިއްލުން ހުއްޓުވައިދިނުން

މާބަނޑު ދުވަސްވަރު އާދަޔާ ހިލާފަށް ދާހިއްލާކަން ފާހަގަ ވާނެއެވެ. އެއީ ފަހަރުގައި އުފުލަން ޖެހޭ ބުރައެއްގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ މާބޮޑަށް މީހާ ހާސްވެ ކަންބޮޑުވުމުން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ކެއުމުގައި ފެހި އާފަލު ބޭނުންކުރާ ނަމަ ދާހިއްލުން މަދުވާނެއެވެ. އެއީ ފެހި އާފަލުގައި ހިމެނޭ މިނަރަލްގެ ބާވަތްތަކުގެ ސަބަބުންނެވެ.

ބަރުދަން ހަމައަކަށް އަޅުވައިދިނުން

މާބަނޑު ދުވަސްވަރު މާބޮޑަށް ފަލަވެއްޖެނަމަ ނުވަތަ މާބޮޑަށް ހިކިއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު ކުއްޖާއަށް ކުރެއެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ބަރުދަން ހަމައަކަށް އެޅުވުމަށް ފެހި އާފަކުގެ ދައުރު ވަރަށް ބޮޑެވެ. އެހެނީ ފެހި އާފަލުގެ ސަބަބުން ލޭމަށްޗަށް ދިޔުމާއި ލޭގައި ހުންނަ ހަކުރުގެ މިންވަރު ހަމައަކަށް އަޅުވައިދީ ކޮލެސްޓްރޯލް ލެވެލްވެސް ހަމައަކަށް އަލުވައިދޭތީއެވެ.