ވަޒީފާއަށް އެދި ވަޒީފާ ނުލިބުމަކީ ކޮންމެ މީހަކަށް ވެސް އެތައް ފަހަރެއްގެ މަތިން ކުރިމަތިވާނެ ކަމެކެވެ. އެއީ ކޮންމެ މީހަކަށް ވެސް ވަރަށް އާދައިގެ ކަމެކެވެ.

ނަމަވެސް ވަޒީފާއަށް އެދި ހުށަހަޅާތާ އެތައް އަހަރެއް ފަހުން ވަޒީފާ ނުލިބޭނެ ކަމުގެ ލިޔުން ލިބުމަކީ ގަބޫލު ކުރަން ދަތިކަމެއް ނަމަވެސް މިއީ އަންހެނަކަށް ދިމާވި ކަމެކެވެ.

ޒޯއެ ޖޯންސަންސް ނަމަކަށް ކިޔާ އަންހެނަކު އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ 2013 ވަނަ އަހަރު ވަޒީފާއަށް އެދިފައިވާ ލިޔުންކޮޅާއި މި އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެއަށް ލިބިފައިވާ ޖަވާބުގެ ސްކްރީން ޝޮޓެއް ހިއްސާ ކޮށްފައެވެ.

ވަޒީފާގެ ފުރުސަތެއް އޮތްނަމަ އެކަން އަންގައިދިނުމަށް އެދި ފޮނުވާފައިވާ މި މެއިލްގެ ޖަވާބުގައި ފުރުސަތަކަށް އެދިފައި ވާތީ ޝުކުރު އަދާކުރުމަށް ފަހު އެއްވެސް ޝައުގެއް ނެތްކަމަށް ވެސް ބުނެފައިވެއެވެ.

މި ޕޯސްޓު ހިއްސާކޮށް ޒޯއެ ބުނެފައިވަނީ މިއީ މަޖާ ކަމެއް ކަމަށާއި 2013 ވަނަ އަހަރު ހުށަހެޅި މި ފުރުސަތު މިހާރު ބޭނުމެއް ވެސް ނެތް ކަމަށެވެ. އޭނާގެ ނަސީބުގައި ހުރި ކަމެއް ވާނެ ކަމަށާއި އެކަންތައްތައްދާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އުމުރުން 39 އަހަރުގެ ޒޯއެ އަކީ މިހާރު އޭނާގެ އަމިއްލަ މަސައްކަތުން ސްކިން ކެއަރ ޕްރޮޑަކްޓްގެ ވިޔަފާރިއެއް ހިންގާ މީހެކެވެ. އެހެންކަމުން 2013 ވަނަ އަހަރު ވަޒީފާއަށް އެދުނު ފުރުސަތު ނުލިބުނު ނަމަވެސް އެކަމަށް އެެއްވެސް ޝައުގެއް ނެތް ކަމަށް ޒޯއެ ބުނެފައިިވެއެވެ.

އެހާ ގިނަ އަހަރު ފަހުން އެ މެއިލްއަށް ޖަވާބުދޭންވީ ސަބަބެއް ނޭގޭ ކަމަށް ވެސް ޒޯއެ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްހައްހަސް

    ރާއްޖޭގެ ރައީސް އޮފީހަށް މި އަހަރު ކުރީކޮޅު ސިޓީ ލީ މީހަކަށްވެސް ތިކަހަލަ ގޮތަކަށް ލަސްތަަކެއް ކޮށްފައި، މިހާރު ތިކަން ނިމިއްޖެޔޭ ކިޔާފަ ޖަވާބު ދިން. މީގެ ކުރިން ރައީސް އޮފީހަކީ މަސް ދެމަސް ފަހުން ސިޓީއަށް ޖަވާބުދޭ ތަނެއް ނޫން. އެކަމަކު މި ފަހަރު...