ރާއްޖެއަށް ހިޖުރަކުރި ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނިތަކެއް ހިފައި ބޮޑުއަގުގައި ވިއްކަން ޖަހާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި ކަމަށް ބުނެ މިއަދު މީޑިއާގައި އޮތީ އެވާހަކައެވެ. އަބަދުވެސް އަމަލަށްވުރެ އަޑުގަދަ އީޕީއޭ އިން ވެސް މިކަމުގައި މީޑިއާތަކަށް އިންޓަވިއު ދެއްވާ، ބަޔާންތައް ނެރުއްވާ، އިންޒާރުތައް ދެއްވާ ލައްކަ ކަންތައްތައް ކުރައްވައިފިއެވެ. ނަމަވެސް ދިވެހިން އުޅެނީ މުޅިން އެހެން ކަމެއްގައެވެ.

އަލަށް އެއްޗެއް ފެނުމުން ދިވެހިންނަށް ކޮންމެ ފަހަރަކު ވެސް ވާގޮތް މިފަހަރު ވެސް ވެއްޖެއެވެ. މީސް މީޑިއާގެ ހުރިހާތަނެއް ފުރިގެން މިދިޔައީ މިގުޑުގުޑާ ދޫނިތަކުންނެވެ. ފޮޓޯތައް އެޑިޓް ކުރާ މީހުން އެކަން ކިތައްމެ ވަރަކަށް ވެސް ކޮށްފިއެވެ. ގުޑުގުޑާ ދޫނީގެ ފޮޓޯތަކުން މީމް ޕޭޖްތައް ފުރިއްޖެއެވެ. އެތައް ބަޔަކު ގުޑުގުޑާ ދޫނިތަކާއި އެކު "ފޮޓޯ ނަގައިފި" ހެން މަންޒަރު ބަލާ މީހުންނަށް އެބަ ހީވެއެވެ.

އަދި މިޒާތުގެ ދޫނިގެ އާއްމު ސައިޒަށްވުރެ މާބޮޑެތި ދޫނިތަކެއް ވެސް ރާއްޖެ އައިސް އުޅޭހެން ފޮޓޯ ބަލާ މީހަކަށް ހީވާނެއެވެ. ހުޅުލޭ ބޮޑުމީހާއަށްވުރެ މިދޫނީގެ ސައިޒް ބޮޑު ވެއްޖެއެވެ. ފޮޓޯތައް ބަލާލައި ހީސަމާސާ ކޮށްލަން މިއީ ކުރުން ގޯސް ކަމަކަށް ނުވެދާނެއެވެ.

އެކަމަކު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކައި ފަރުދީ ޒިންމާ އުފުލަން ޖެހޭ ކަންކަމަށް ނުދެވޭ ސަމާލުކަން ހިޖުރަކުރި ދޫނިތަކަކަށް ދެވުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލުން އެއީ ނެތްކަމެއް ނޫނެވެ. ކޮންމެ މައްސަލައެއް ސަމާލުކަމަށް ގެނެސް އެމައްސަލައެއް ހައްލު ކުރަން ދިވެހިން މިވަރުގެ ސަމާލުކަމެއް ދޭނަމަ އެމައްސަލައެއް ހައްލުނުވެ އޮންނާނެ ހެއްޔެވެ؟ ޔަގީނުން ވެސް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކިންގް އޮފް މަހަލްދީބް

    ބަލަ ތީ ފުލެމިންގޯ ކިޔާ އެއްޗެއް ނޫންތަ؟؟

    15
    4
    • ތުނިޔަ

      ގުޑުޑާ ދޫނި އެއީ ދިވެހިނަން

      13
      2
  2. ޏ

    މިނޫހުން އުޅޭ ކަހަލަ ރައްޔިތުން ގުނބޯ ހައްދަން

    6
    1
  3. ހަމަތަ…

    ނިސްބަތުން ގިނަ ދިވެހިނަނަކީ ހަމަ ބައެއް ކަމާއި މެދު ޝައްކު. އެންމެ ފަހު ފޮޓޯގަ އެވާނީ ރަނގަޅަށް ބުނެފަ..

    13
    1
  4. ސސ

    "ގޫނިދަކުނަ ކައުޅާ މެން" މީ އަތޮޅެއްގެ މިސާލުބަހެއް، އަލަށް އެއްޗެއް ފެނުނީމާ މީހުނަށް ވާގޮތް ކިޔާދޭ މިމިސާލުބަހުގައިވެސް ވާފަދައިން ދިވެހިންނަށްވެސް އާއެއްޗެއް ފެންނައިރަށް ވާގޮތެއްހުރޭ !

  5. ކަނޑުފުރޭތަ

    ހޫން އޭތިންބިރުން އަވަދިކޮއްފި ހީވަނި އެހެންފަދަ ކަމެއްހެން އޭތިން ފަހާ ދުވާވަރުން

  6. ށަތޭކަ

    ކަމެއް ކުރެވޭނެ ބައެއްނަމަ މިރާއްޖޭގައި ދުއްވާ ލޯންޗްތަކުގައި ސަލާމަތީ ހަމަނުވެގެން އެއްމެ މީހަކު ނަމަވެސް ޖޫރިމަނާ ކުރެވުނީސް.
    ހުސް އަނގަ.

    16
  7. ކްރިންޖް

    އިންޑިއާބަޔަކު އެޑިޓްކޮއްފަ ހުރި ފޮޓޯތަކެންހެން ހީވަނީ.

  8. މުދިމު

    މިހާރު ވަގުތު ނިއުސް ފެއިލް ވެއްޖެ.. ބޮޑު ތަނުން ..🙄