ބޮލީވުޑްގެ މަގްބޫލު ފަންނާނުން ކަމަށްވާ ކާޖަލް އަޖޭ ދޭވްގަން އާއި އޭނާގެ ތަނީޝާ މުކަރަޖީއަކީ އަބަދުވެސް އެކަކު އަނެކަކަށް ލޯބިން އުޅޭ ދެމީހުން ކަމަށް މީގެ ކުރިން އޮތީ ހީވެފައެވެ. އަބަދުވެސް މީސްމީޑިއާއިން ފެންނަނީ އެ ދެމީހުން އެކުގައި ވަރަށް ލޯބިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެވެ. ނަމަވެސް ހުރިހާ އެއްބަނޑު އެއްބަފާ މީހުންނެކޭ އެއްފަދައިން އެ މީހުންވެސް ޖަދަލުތަކުގެ ތެރެއަށް ވަދެއުޅޭ ކަން ދާދި ފަހުން ދައުރުވާން ފެށި ވީޑިއޯ އަކުން ވަނީ ސާބިތުވެފައެވެ.

މުމްބާއީގެ ދުރްގާ ޕޫޖާ ޕަންޑަލްގައި ދާދި ފަހުން އެމީހުންގެ ރީޔޫނިއަންގައި ޝޫޓްކުރި ވީޑިއޯ ޝޫޓެއްގައި މި ދެ މީހުންގެ ދެމެދުގައި ހިނގާ ހޫނުގަދަ ޒުވާބެއްގެ މަންޒަރު ފެނެއެވެ. ކާޖަލްގެ މޫނުމަތިން އެ ވީޑިއޯގައި ފެންނަނީ ނުރުހުމާއި ރުޅިވެރިމެވެ.

އާއްމު މީހަކު ރެޑިޓްގައި ހިއްސާކޮށްފައިވާ މި ވީޑިއޯގައި ކާޖަލް އާއި ތަނީޝާ ގެ އިތުރުން އެ ދެމީހުންގެ މަންމަ ތަނުޖާ ވެސް ފެނިގެންދާ އިރު އެ ދެމީހުންގެ ޒުވާބު ހުއްޓުވަން އޭނާ މސައްކަތް ކުރާ މަންޒަރު ފެނެއެވެ. އެ ދެމީހުން ދެބަސްވަނީ ކޮން ކަމަކާ ގުޅިގެން ކަން ސާފުވެފައި ނުވާއިރު، ކާޖަލް އާއި ތާނީޝާ އަށް ފެނުނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ކަމަށް ބުނިކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަދި ކާޖަލް ތަނީޝާއަށް އަމާޒުކޮށް ސަމާލުކަން ހޯދަން ނޫޅޭށޭ ބުނާކަމަށް ވެއެވެ. އަދި އަނގަމަޑުން ލައިގެން ހުރުމަށް ކާޖަލް ތަނީޝާ އަށް އިންޒާރުވެސް ދެއެވެ. މި ޝޫޓަށް ފަހު އެ މީހުންނަށް އިންޓަވިއު ދޭން ނިންމުމުގެ ކުރިން ބައެއް މީޑިއާތަކުން ތިބީ ވީޑިއޯކުރަން ފަށައިގެންނެވެ. މި ޒުވާބުގެ މަންޒަރަކީ އެ ވީޑިއޯތަކުގެ ތެރެއިން ވީޑިއޯއެކެވެ.

ބައެއް މީހުން ވަނީ މިއީ އާއިލާގައި ހިނގާ އާދައިގެ ޒުވާބުތައް ކަމަށާއި އެއީ މައްސަލަ އެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް ކާޖަލް އޭނާގެ ކޮއްކޮ ދަށްކޮށްލާ ކަމަށް ބުނެ އާއްމުން ދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. އަދި އެގޮތަށް ކަންތައް ކުރަނީ އޭނާ އަށް ވުރެ އޭނާގެ ކޮއްކޮގެ މަޝްހޫރުކަން ކުޑަވުމުން ކަމަށާއި އެއީ ކާޖޮލްގެ ބޮޑާކަން ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް ކާޖަލް މީހުންނަށް ރަނގަޅު ނޫން ކަމަށާއި އޭނާ އަކީ ހެޔޮ މީހެއް ނޫން ކަމަށް ބުނެ އާއްމުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން ދާދިފަހުން ކާޖޮލްގެ އޮފަންދުވަހު އާއްމުން ކޭކެއް ގެންދިއުމުން އެ ކޭކު ކާން ކާޖަލް ދެކޮޅު ހެދި މައްސަލައިގައި ވެސް އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަތްދަ

    ޕޫޖާއަށް ކުރު ހެދުމެއް ލައިގެން ދިޔައިމަ ކަމަށް ވާނީ .އެފަދަ ތަން. ތަނަށް މީހުންދަނީ ސާޅީ ނުވަތަ ހަރުވާޅު ހެދުމުގަ.