ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން އިންޑިޔާގައި ކައިވެނި ކުރަން ތައްޔާރުވެފައިވާ ދެމީހަކު ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނަށް ދިޔައީ ބޮޑު ތެއްޔެއްގައެވެ.

ޝިޕްލާ ނަމަކަށް ކިޔާ މީހަކު ޓުވިޓާގައި ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވަނީ ކެރަލާގެ ދެމީހަކު ފެންބޮޑުވުމުގެ ސަބަބުން ކައިވެނި އޮތް ތަނަށް ބޮޑު ތެއްޔެއްގައި ދިޔަކަމަށެވެ.

އޭނާ ބުނެފައިވާގޮތުން ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނުގައި ވެސް އޮތީ ފެންބޮޑުވެފައެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ކައިވެނި ކުރަން އޮތް ވަގުތުގައި ކައިވެނި ކުރި އެވެ.

މި ވީޑިއޯއިން ދައްކުވައިދެނީ ކައިވެންޏަށް ތައްޔާރުވެ ކައިވެނި ހެދުމުގައި ތިބި ދެމީހުން ބޮޑު ތެއްޔެއްގައި ތިބޭ މަންޒަރެވެ. އަދި މީހަކު އެ ތެލި ދުއްވާފައި އެމީހުންގެ މަންޒިލަށް ގެންގޮސްދޭ މަންޒަރެވެ.

ވީޑިއޯގައި ވާހަކަ ދެއްކި ފަރާތުން ބުނެފައިވަނީ ކާރެއްގެ ބަދަލުގައި ބޯޓެއް ބުކްކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

ފެންބޮޑުވެފައިވީ ނަމަވެސް މި ދެމީހުންގެ ކައިވެނި ފަސްކުރަން ބޭނުންނުވީ އެ ސަރަހައްދަށް ކުރާ ވިއްސާރާގައި 27 މީހަކު މަރުވެފައިވާތީއެވެ.

''އަހަރެމެންގެ ކައިވެނި ވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށް ކުރެވުނު ކައިވެންޏަކަށް'' ކައިވެނި ކުރި އަންހެން މީހާ ބުނެފައި ވެއެވެ.

މީޑިޔާ ރިޕޯޓްތަކުން ބުނާގޮތުގައި މި ދެމީހުންނަކީ ވެސް ޗެންގަންނުރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދެމީހުންނެވެ.

ކޭރަލާ ސަރަހައްދަށް ފާއިތުވި ހަތަރު ވަރަކަށް ދުވަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ އެތައް ގެއްލުމެއް ލިބިފައިވާ އިރު އެތައް ބަޔަކު ވަނީ މަރު ވެސް ވެފައެވެ.