ފިލްމެއް ތައްޔާރުކޮށް ބެލުންތެރިންނާއި ހަމައަށް ދޫކޮށް ލުމުގެ ކުރިން އެފިލްމެއްގެ ޓްރައިލާއެއް ބެލުން ތެރިންނާއި ހަމައަށް ދޫކޮށްލުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިފަހަރު ކަން މިވީ މިހެންނެއް ނޫނެވެ.

ގިނަ ފިލްމްތަކެއް ޕްރޮޑިއުސް ކުރަމުން އަންނަ ސޮނީ ޕިކްޗާސް އެންޓަރޓައިމެންޓްއިން މިވަނީ ފިލްމެއްގެ ޓްލައިލާ ކަމަށް ހީކޮށް މުޅި ފިލްމް އެއްކޮށް ޔޫޓިއުބަށް އަޕްލޯޑްކޮށްފައެވެ. ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވަނީ ސޮނީގެ ފިލްމެއް ކަމަށްވާ " ކާލީ ދަ ކިލާ" އެވެ.

"ކާލީ ދަ ކިލާ" އަކީ 2017 ވަނަ އަހަރު ފަހު ކޯޅުގައި ނެރެން ހަމަޖެހިފައިވާ ފިލްމެކެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން މިފިލް ނެރުންވަނީ ފަސްކޮށްފައެވެ. މިފިލްމް ސިނަމާތަކުގައި އެޅުވުމުގެ ކުރިން މިފިލްވަނީ ޔޫޓިއުބްގައި އާއްމުވެފައެވެ.

ސޮނީ އިން މިފިލްމް ޔޫޓިއުބަށް ނޭނގި އަޕްލޯޑް ކުރިއިރު، ފިލްމް އަޕްލޯޑް ކުރިތާ މަދު އިރުކޮޅެއް ތެރޭގައި ފިލްމްވަނީ ޔޫޓިއުބުން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު