އިންޑިއާގެ ޖަރްޙާންެގެ ސެރައިކެލާ ޚާސްވަންގައި ހުންނަ ސްކޫލެއްގައި ކިޔަވާދެމުން އަންނަ އަންހެން ޓީޗަރަކު ސްކޫލުން ނެރެ އެ ޓީޗަރުގެ ބޯ ބުރިކޮށްލައިފިއެވެ.

މިކަންކޮށްފައި ވަނީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަމަށް ވެއެވެ. އެ ޓީޗަރުގެ ބޯ ބުރިކޮށްލުމަށްފަހު ފުލުހުންނަށް ފިލަންވެގެން އެ މީހާ ވަނީ ބުރިކޮށްފައިވާ ބޯ ހިފައިގެން ޖަންގަލި ތެރެއަށް ގޮސްފައެވެ.

އެ ފިރިހެން މީހާ އެ އަންހެން މީހާ ބޯ ބުރިކޮށްލާފައި ވަނީ ކަނޑިއެއް ބޭނުންކޮށްގެންނެވެ.

މިއަދުގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، އެ ހާދިސާ ހިނގިތާ ދެގަޑިއެއްހާ އިރު ތެރޭގައި އެމީހާ ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ އިތުރު ބަޔަކަށް އޭނާ ހަމަލާ ދީފާނެކަމުގެ ބިރު އޮތުމުންނެވެ. އޭނާ ހައްޔަރު ކުރުމުގެ މަސައްކަތުގައި އުޅުނު ހަތަރު ފުލުހަކަށްވެސް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާއަކީ އެކަނި އުޅޭ މީހެކެެވެ. އޭނާ އެ ސްކޫލް ތެރެއަށް ވަދެ އުމުރުން 30 އަހަރުގެ ޓީޗަރު ސްކޫލް ތެރެއިން ބިންމައްޗަށް ވައްޓާލުމަށްފަހު ބިމުގައި ކާތަމުން ބޭރަށް ނެރެ އޭނާގެ ކަރު ބުރިކޮށްލީ ކަނޑިއެއް ބޭނުންކޮށްގެންނެވެ.

އޭނާ އެ ޓީޗަރު މަރާލުމަށްފަހު ވަލަށް ދިޔައީ ފިލާށެވެ. އެހެން ނަމަވެސް އާއްމުންނާއި ފުލުހުން ވަނީ ބޮޑު ބިރުވެރިކަމެއްގައި ހުރެގެން ނަމަވެސް އެ މީހާ އަތުލާ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    سبحان الله