މީސްމީޑިއާގައި ފަހަކަށް އައިސް ވަރަށް ގިނަ ގޭމުތައް އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި އެއްޗެހި ގެސް ކުރުމާއި ޗެލެންޖުތައް ވެސް ހިމެނެއެވެ. މިއީ ވެސް އެފަދަ ގޮތަކަށް މީހަކު ހަދާފައިވާ ގެސް ކުރުމުގެ ގޭމެކެވެ. "ހުރިހާ އެއްޗަކީ ކޭކު" ނަމުގައި މީސްމީޑިއާގައި އެކި ކަހަލަ ވާހަކަތައް ދައްކަމުން އަންނަތާ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް މީހަކު މިވަނީ ހަރުފައެއްގެ ފޮޓޯ ހިއްސާކޮށް އެއީ އަސްލެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާފައެވެ.

ކޭކު އަޅާ މީހުންގެ ތެރޭގައި ވަރަށް ހުނަރުވެރި މީހުން ތިބޭކަން އެއީ އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެކެވެ. އެފަދަ ފަރާތްތަކަށް ކޮންމެ އެއްޗެއް ވެސް ކޭކަކަށް ބަދަލުކޮށް މީހުންނަށް ހައިރާން ކަން ގެނުވާނެއެވެ.

"ހުރިހާ އެއްޗަކީ ކޭކު" ނަމުގައި މީގެ ކުރިން ވާހަކަ ދެއްކި ނަމަވެސް، މިހާރު އެ ވާހަތައް ދައްކާ މީހުން ވަރެއް މަދެވެ. އެފަދަ ދަނޑިވަޅަކާއި ދިމާކޮށް ކޭކު އެޅުމުގައި ހުނަރުން ފުރިގެންވާ މީހަކު މިވަނީ އޭނާގެ ގާބިލުކަން މީސްމީޑިއާގައި ދައްކާފައެވެ.

އޭނާ ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ގެނުވާފައެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯއިން ފެނިގެން ދަނީ ރީނދޫ ކުލައިގެ ހަރުފައެއް ވިހަ ޖެހުމަށް ތައްޔާރު ވެގެން އޮންނަ މަންޒަރެވެ. އެއާއި އެކީ ގިނަ ބަޔަކަށް ހީވެފައި އޮތީ އެއީ އަސްލު އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް ފަހުން އޭގައި ވަޅިއެއް ޖައްސި ހިސާބުން ގިނަ ބަޔަކަށް ވަނީ އެއީ އަސްލެއް ނޫން ކަން އެނގިފައެވެ.

ބައެއް ފަރާތްތަކުން ވަނީ އޭގައި ވަޅި ޖައްސަން އުޅުނު ވަގުތު ވެސް އެފަދަ ކަމެއް ނުކުރުމަށް ބުނެފައެވެ. އެއީ އަސްލެއް ނަމަ އެކަން ކުރާ މީހާއަށް ހަމަލާއެއް ދީފާނެތީއެވެ.

މިވީޑިއޯ އޭނާ އިންސްޓްގްރާމްގައި ހިއްސާ ކުރުމުން ލައްކައަކަށްވުރެ ގިނަ މީހުންގެ ސަމާލުކަން އެވީޑިއޯ އަށް ވަނީ ހުއްޓިފައެވެ. އަދި ގިނަ ބަޔަކު ވަނީ އެވީޑިއޯއިން ފެނިގެން ދަނީ އޭނާގެ ހުރި ހުނަރުކަމަށް ބުނެ ތައުރީފު ކޮށްފައެވެ.