އެންމެންގެ ލޮލުގެ ޖާދޫގައި ޖެހުނު ޕްރިޔާ ޕްރަކާޝް ކޮބާ ހެއްޔެވެ؟. އޭނާ ނުފެނިގެން އެތައް ބަޔަކު ވާހަކަވެސް އެބަ ދައްކައެވެ. އޭނާ އަނެއްކާ ސްކްރީނުން ގެއްލުނީ ބާއެވެ؟. މިއީ އެތައް ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. އޭނާއަކީ އެންމެ ރެއަކުން އެތައް ބައެއްގެ ސަމާލުކަން ހޯދި ފެންނާނެކެވެ.

މަލިޔަލަމް ފިލްމް އޮރޫ އަދާރް ލަވްގެ ސީނަކުން، ފެނިގެން އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ލިބިގެން ދިޔައެވެ. އެ ފިލްމްގެ ސީނަކުން އެއް ލޯ މަރާލިގޮތުން އެތައް ބައެއްގެ ހިތްތައް އޭނާއަށް އަމާޒުވިއިރު، އެތައް ބަޔަކު އެ ފަދަ ވީޑިއޯތައް ނަގައި މީސް މީޑިއާގައިވެސް ހިއްސާ ކުރިއެވެ.

އޭގެ ފަހުން ޕްރިޔާއަށް ބޮލީވުޑް ފިލްމަކުން ފުރުސަތު ލިބުނެވެ.

ޕްރިޔާގެ ފުރަަތަމަ ފިލްމަށްފަހު އޭނާ ވެގެން ގޮސްފައި ވަނީ އިންޓަނޭޓްގައި އެންމެ ގިނަބަޔަކު ސާޗް ކުރި ފަންނާނަށެވެ.

ނަމަވެސް އޭނާއާ ގުޅޭގޮތުން ބައެއް ނޫސްތަކުގައި ވަނީ އޭނާ ދާއިރާއިން ނުގެއްލޭ ކަމަށެވެ. އެގޮތުން މި އަހަރު ތެރޭގައި އޭނާ ކުޅުނު ތެލެގޫ ދެ ފިލްމެއް ނެރެފައި ވެއެވެ. އެއީ ޗެކް އާއި އިޝްކް އެވެ. މީގެ އިތުރުން އޭނާ ފެނިގެންދަ ހިންދީ ފިލްމް ސްރީދޭވީ ބަންގަލޯގެ ސްރީދޭވީގެ ރޯލުން ފެނިގެންދާނީ ޕްރިޔާއެވެ. އެ ފިލްމްެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން ކަންނަޑާ ފިލްމެއްގެ މަސައްކަތްވެސް އޭނާ ކޮށްފައި ވެެވެ.

އެހެންކަމުން އޭނާ ސްކްރީނުން ގެއްލުނީއޭ ނުބުނެވޭނެތާއެވެ. ނ

ކިޔުންތެރިންގެ ހިޔާލު