އެއްމާބަނޑު ކުދިން ހޯދަން ބޭނުންވާ އެތައް މީހުންނެއް އެބަތިއްބެވެ. އެ ކުދިން ބޮޑެތިވަމުން އަންނައިރު، އެއް ކުއްޖަކު އަނެއް ކުއްޖަކާއި ގުޅެނީ ކިހާވަރަކަށްތޯ ބަލަން ބޭނުންވާ މައިންބަފައިން އެބަތިއްބެވެ. އެ ކުދިން އެކުގައި ކިޔަވާ ނިންމާލާތަން ބަލަން ބޭނުންވެފައި ތިބި މީހުންވެސް އެބަތިއްބެވެ.

މިއީވެސް އެފަދަ ހާއްސަ ކުދިންކޮޅެކެވެ. ޓެކްސަަސްއަށް ނިސްބަތްވާ އެއްމާބަނޑު ފަސް ކުދިންނެވެެ. މި ފަސް ކުދިން އެކުގައި ކިޔެވުން ނިންމާލައިފިއެވެ. ފަސް ކުދިން އެކުގައި ކިޔަވާ ނިންމާލިއެއްކަމަކު، ކޮންމެ ކުއްޖަކު ކިޔެވީ ތަފާތު ދާއިރާއަކުންނެވެ.

އެނާ، މާރިއާ، އެމިލިއާ، ޖިއޯޖް އަދި ޖޯން ނަމަކަށް ކިޔާ މި ފަސް ބެއިން އެކުގައި ކިޔެވުމަށްފަހު މިހާރު މި ވަނީ ގްރެޑުއޭޓްވެފައެވެ. ޔުނިވާސިޓީ އޮފް ނޯތް ޓެކްސަސްއިން ތައުލީމް ހާސިލް ކުރި މި ފަސް ބެއިންގެ ވަރަށް އެއްގޮތަށް ކަންތައްތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް އެ ކުދިން ކިޔަވަން ބޭނުންވީ އެމީހަކު ޝައުގުވެރިކަން ހުރި ދާއިރާކުންނެވެ.

އޭގެ ތެރެއިން އެންމެ ބޮޑު މިހާ އެނާ ކިޔެވީ ބަޔޮލޮޖީއެވެ. އޭނާ ބޭނުންވަނީ ޕިޒީޝަންއަކަށްވާށެވެ. މާރިއާ ކިޔެވީ އާޓް އެންޑް ޑިޒައިންގެ ދާއިރާއިންނެވެ. ޖޯން ކިޔަވަމުން ދަނީ އިންޓަނޭޝަނަލް ބިޒްނަސްއެވެ. ޖިއޯޖް ފައިނޭންސްގެ ދާއިރާއިން ކުރިއަށްދާން ކިޔެވިއިރު، އެމެލިއޯ ދިޔައީ ކޮމިޔުނިކޭޝަން ދާއިރާއިން ކުރިއަށެވެ.

މި ފަސް ބެއިން ފަސް ދާއިރާއިން ކިޔެވި ނަމަވެސް، އެންމެންނަށް ދެއްކީ ނަމޫނާއެވެ. ކިޔެވީ އެކުގައެވެ. ގްރެޑުއޭޓްވީވެސް އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު