އިންޑިއާގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ކަރީނާ ކަޕޫރްއަކީ ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކުވެސް ބައެއްގެ ސަމާލުކަން ލިބޭ ތަރިއެކެވެ. އޭނާ ދިިރިއުޅެމުންދާ މުމްބާއީ ސިޓީގެ ގޭގެ ކައިރީގައި އެތައް ބަޔަކު އޭނާ ނުކުންނަތޯ ބަލަންވެސް ތިބެއެވެ. އަދި އެތައް ބަަޔަކު އޭނާގެ ފޮޓޯ ނަގާ އެތައް ވާހަކައެއް ހިއްސާ ކުރެއެވެ.

އެހެން ނަމަވެސް މިފަހަރު އޭނާ ބޭރަށް ނުކުތް އިރު ކޮފީ މަގެއް ހިފައިގެން ބޭރަށް ނުކުތުމުން އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެގެން ދިޔައެވެ. އެތައް ބަޔަކު އޭނާއަށް މަލާމާތް ކުރަންވެސް ފެށިއެވެ.

އެ ފޮޓޯއަކީ އޭނާ ގެއިން ނުކުމެ ހުއްޓާ ނެގި ފޮޓޯއެކެވެ. އެ ފޮޓޯއިން އޭނާގެ ރީތިކަން ހާމަވި ނަމަވެސް ގިނަބައެއްގެ ލޮލުގައި އަޅައިގަތީ އޭނާގެ ރީތި ކަމެއް ނޫނެވެ. ގިނަބައެއްގެ ލޮލުގައި އަަޅައިގަތީ އޭނާގެ އެއް އަތުން ހިފައިގެން ހުރި ކޮފީ މަގެވެ. އެވަގުތަކީ އޭނާ މަސައްކަތަށް ނުކުތް ވަގުތަށް ވުމާއެކު، އޭނާ ކޮފީ މަގެއް ހިފައިގެން ހުރެ ބޭރަށް ނުކުތުމުން މީހުން ކިޔަމުންދާ ފާޑުކިޔުންތައްވެސް ގިނައެވެ.

އެއް ބަޔަކު ބުނެފައި ވާގޮތުން، އޭނާ އެ އުޅެނީ ހަމަ މީހުންނަށް ދެއްކޭށެވެ. އަދި އެއީ އޭނާ ދާ ކޮންމެ ތަނަކަށް އެ ކޮފީ މަގު ގެންދާކަން މީހުންނަށް އަންގަން ކުރާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކަރީނާ މިހާރުވެސް ދަނީ ބައެއް ފިލްމްތަކުގައި މަސައްކަތް ކުރަމުންނެވެ.