ދެވިހިފުމަކީ އެއީ ދުނިޔޭގައި އުޅޭ މީހުންނަށް އެކަމުން ސަލާމަތް ނުވެގެން އުޅޭ ކަހަލަ ބައްޔެކެވެ. މަސްތުވާތަކެތިން ފަށައިގެން މީހުންނާއި ހަމައަށް ބައެއް މީހުން ދެވިހިފާފައި ތިބެއެވެ. މީހަކު ދެވިހިފާނެ ވަރަށް ބައިވަރު އެއްޗެހި ހުރެއެވެ. އެހެން ނަމަވެސް މިއީ އާދަޔާ ހިލާފު ކަމަކަށް މީހަކު ދެވިހިފާފައިވާ ވާހަކއެވެ.

އުމުރުން 26 އަހަރުގެ އަންހެނަކު މިވަނީ އޭނާ ދެވި ހިފާފައިވަނީ މަރުވެފައިވާ ފިރިމީހާގެ "އަޅި" އަށް ކަމަށް ޓީވީ ޝޯއެއްގައި ބުނެފައެވެ. އެމެރިކާގެ ޓެނިސޭއަށް އުފަން ކޭސީ އާއި ސީން ދިމާވެފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ދެމީހުން ބައްދަލުވިތާ 10 މަސް ނުވަނީސް ކައިވެނިކޮށްގެން އުފަލުން އުޅުނެވެ. އެހެން ނަމަވެސް ސީން އަކީ ނޭވާ ހިއްލާ ބަލި ހުންނަ މީހެއް ކަމުން އޭނާ އެ ކައިވެންޏަށް ގިނަ ދުވަސް ނުވަނީސް މި ދުނިޔެ ދޫކޮށް ދިޔައެވެ.

ސީންގެ މަރަށް ފަހު ކޭސީ ދާ ކޮންމެ ތަނަކަށް ދަނީ އޭނާގެ ހަށިގަނޑު އަންދާލުމަށްފަހު، ހަވާލު ކުރި ސީންގެ އަޅިތައް ހިފައިގެންނެވެ.

"ދާ ކޮންމެ ތަނަށް ފިރިމީހާ ގެންދަނީ. އެއީ ރެސްޓޯރެންޓެއް ވިއަސް، ފިހާރައެއް ވިއަސް." މަރުވެފައިވާ ފިރިމީހާގެ އަޅިތައް ހިފައިގެންދާ ކޭސީ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ނިދަނީ ވެސް އަޅި އަޅާފައި ހުންނަ ތަށި ކައިރީގައި ބަހައްޓައިގެން އޭގައި ބައްދާލައިގެންނެވެ.

އޭނާގެ ފިރިމީހާގެ އަޅި ކެެއުމަށް ދެވިހިފިގޮތް ކިޔާދެމުން އޭނާ ބުނީ، އެއް ދުވަހު އަޅިތައް އޭނާގެ އަތަށް ވެއްޓުނީ ކަމަށާއި އޭގެ ފހުން އަތް ދޮވުމުގެ ބަދަލުގައި ކުޑަކޮށް ދޫ ހޭކީ ކަމަށެވެ. އަދި އޭގެ ފަހުން ދުވާލަކު 5 ފަހަރު އެކަން ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބަލައިގެން މަދު މަދުން ކާތި އޭރަށް ގިނަދުވަހު ކެވޭނީ.