އިންޑިއާގައި ފިރިހެނަކު އަންހެނެއްގެ އަޑުން ފޯނު ކޯލުތަކެއް ކޮށް، ވިޔަފާރިވެރިންނަށް އޮޅުވާލި މީހަކު ހައްޔަރުކޮށްފިއެވެ

އޭނާ ހައްޔަރުކޮށްފައި ވަނީ ޕަލްގަރް ޑިސްޓްރިކްޓްގެ ނަލަސޯޕާރާ އިންނެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 44 އަހަރުގެ ފިރިހެނެކެވެ. އެއީ މަނީޝް ޝަޝިކާންތް އަމްބެކަރް އެވެ. މީގެ އިތުރުން އޭނާގެ ބައިވެރިޔާ އެންތޮނީ ތަޔައްޕާ ޖަންގްލީ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޕޮލިސް ކޮމިޝަނަރޭޓް ހެޑްކުއާޓާޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީސީޕީ (ކްރައިމް) ސުރޭޝް މެންގްޑޭ ވިދާޅުވީ، އަމްބެކަރް އުޅުނީ އޭނާއަކީ އަންހެނެއްގެ ޑޮކްޓަރެއް ކަމަށް ހެދިގެން، މެޑިކަލް ފިހާރަތަކުން ބޭސްއޯޑަރުކޮށް، ރަނާއި ޖަވާހިރު ވިއްކާ ތަންތަނުން ރަނުގެ އޯޑަރު ކުރާ ކަމަށެވެ.

އަމްބެކަރް ވަނީ އެ ފިހާރަތަކުން މީހުން ފޮނުވައިގެން އެ ތަކެތި އޭނާއާ ހަމައަށް ގެނެސްދިނުމަށްވެސް އެދިފައެވެ. އަދި ފިހާރައިން ފޮނުވާ މީހާ އެތަނަށް އައުމުން، އެ އަންހެން ޑޮކްޓަރުކަމަށް ހެދިގެން އުޅޭ އަމްބެކަރް ފޮނުވި މީހާއާ އެ ތަކެތި ހަވާލު ކުރުމުން އޭނާ ހަވާލުކުރާނީ ފޭކް 2،000 ރުޕީސްގެ ނޫޓެއް ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އަދި ބާކީ ފައިސާ ލިބުމުން އެތަނުން ފިލައިގެން ދެއެވެ.

ފުލުހުންނަށް ވަނީ އެފަދަ އެތައް ޝަކުވާއެއް ލިިބިފައެވެ. އެންމެ ފަހުން ފުލުހުން މިކަން ސީރިސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އޭނާ ހައްޔަރު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު