އުމުރުން އަށް އަހަރުގައި ބެލްޖިއަށް އަށް ނިސްބަތްވާ ކުއްޖަކު ހައި ސްކޫލް ނިންމާ މުޅި ދުނިޔެ ހައިރާންކޮށްލައިިފިއެވެ.

ލައުރެންޓް ސިމޯން ނަމަކަށް ކިޔާ އެ ކުއްޖާއަކީ ވިސްނުން ތޫނު ކިޔެވުމަށްވެސް އެހާ މޮޅު ކުއްޖެކެވެ. ލައުރެން ބޭނުންވަނީ އަބަދުވެސް އާ އެއްޗެހި ދަަސް ކުރާށެވެ. އާ ކަންކަން ތަޖުރިބާ ކުރާށެވެ.

އާއްމުކޮށް އެ އުމުރުގެ ކުދިން ކުޅެން ބޭނުންވިނަމަވެސް، މިއީ ހަމައެކަނި ކިޔަވަން ބޭނުން ކުއްޖެކެެވެ. އޭނާ އަކީ ބޮޑެތި ކުދިން ކިޔަވާ ސްޓާންޑާޑްގެ މާއްދާތައް ކިޔެވުމުގައިވެސް އަރާ ހުރި ކުއްޖެކެވެ،

އެގޮތުން އޭނާ އެންމެ ކިޔަވަން ބޭނުންވާ މާއްދާއަކީ ހިސާބެވެ. ގިނަ ކުދިންނަށް ހިސާބަކީ އެންމެ އުދަގޫ އެންމެ ކިޔަވަން ބޭނުންނުވާ މާއްދާ ނަމަވެސް، މި ކުއްޖާއަކީ ހިސާބު ކައިގެން ބޮއެގެން އުޅޭ ކުއްޖެކެވެ. އަލްޖިބްރާ ސްޓެޓިސްޓިކްްސް ފަދަ އެއްެޗެހި އޭނާ ވަރަށް ހަދަން ބޭނުންވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަ އަހަރުން ނިންމާލެވޭ ހައިސްކޫލް އޭނާ 18 މަހުން ނިންމާލިއިރު، މިހާރު އޭނާ ވަނީ ގްރެޖުއޭޓްވެސް ވެފައެވެ.

އަދި މިހާރު ކޮލެޖުން ކޯހެއް ހެދުމުގެ މަސައްކަތް އޭނާދަނީ ކުރަމުންނެވެ. އެގޮތުން އޭނާ ހަދަން ބޭނުންވަނީ ކޮމްޕިޔުޓަރއާ ގުޅުން ހުރި މާއްދާއެއްކަމަށް އޭނާ ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު