އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ކުރެއްވި ޓްވީޓެއްގައި ގިނަ ކުށްތަކެއް ހުރުމުން އެ ޓްވީޓް ޑިލީޓް ކޮށްފިއެވެ.

އަމިއްލައަށް ޓްވިޓަރ އެކައުންޓް ހޭންޑަލް ކުރަމުން ގެންދާ އެމެރިކާގެ ރައީސް ޓްވީޓް ކޮށްފައިވަނީ އޭނާގެ ޓްވީޓް ތަކުގައި ގިނަ އަދަދަކަށް ކުށް ހުރުމުން އެކަން މީޑިޔާތަކުގެ ސަމާލު އައުމުން އެކަމަށް ފާޑު ވިދާޅުވެއެވެ.

މިގޮތުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އޭނާއަށް ލިޔަން ކިޔަން ރަނގަޅަށް އެނގޭ ކަމަށާއި އޭނާ ކުރަމުންދާ ޓްވީޓްތަކުން ކުށްތައް ހޯދުމަށް މަސައްކަތް ކުރަމުން ގެންދަވަނީ ފޭކް މީޑިޔާތަކުން ކަމަށެވެ. މީގެ އިތުރުން ޓްރަންޕްވަނީ އޭނާއަކީ މޮޅު ލިޔުން ތެރިއެއް ކަމަށް ސިފަކޮށް މިހާރުވެސް ވިކެމުން ދާ އެތައް ފޮތެއް އޭނާ ލިޔެފައިވާ ކަމަށް ބުނެފައެވެ.

ޓްރަންޕް ކުރެއްވި މިޓްވީޓް ޑިލީޓް ކޮށްފައިވާއިރު، މިޓްވީޓްގައި ޖުމްލަ ލިޔުމުގެ 4 ކުށެއް ވެއެވެ.

މިކަމަށް ބޭރުގެ ބޮޑެތި ލިޔުންތެރިންވެސް ދަނީ ފާޑު ވިދާޅުވަމުންނެވެ. މިގޮތުން މީހުންގެ ސަމާލުކަމަށް މިޓްވީޓް ފުރަތަމަ ގެންނެވީ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޖޭކޭ ރޯލިންއެވެ. ރޯލިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޓްރަޕްއަކީ އެންމެ މޮޅު ލިޔުން ތެރިޔާކަމަށް ޝައްކެތް ނެތް މިންވަރަށް ޔަގީން ވެފައިވާ ކަމަށެވެ.

ރައީސް ޓްރަންޕްގެ މިޓްވީޓްގައި ހުރި ގިނަ ކުށްތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، މިޓްވީޓް ދުނިޔޭގެ ބޮޑެތި މީޑިޔާތަކުގެ ފަލަ ސުރުޚީއަށްވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ޓްވީޓް އެކަންޏެއްނޫން އެބޭ ވެސް އެހެރީ ޑިލީޓްކޮށްލަން ވެފައި.

  2. ހުސޭނުބޭ

    ތި ޓްރަމްޕް ތިއީ މައުމޫނު ޒަމާނުގައި އަސާސީ ކުލާހަށް ހާޒުވާން އެންގީމާ ފިލާގެން އުޅުނު މީހެއް!

  3. Anonymous

    ޖަމީލްދީދީ ވެސް ބުނި މީނަ އޭނަ ކަިއިރިން ހެދި ތެސްޓު ފާހެއް ނުވޭ..??