އާއީޖާދު ކުރުމުގައި ދުނިޔޭގައި މިހާރު އެންމެ ކުރީގައި އޮތީ ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ޓެސްލާއޭ ބުނުމުން އެއާ ދެބަސްވާނެ މީހަކު ހުންނާނެ ހެނެއް ހީއެއްނުވެއެވެ.

ސްޓީވް ޖޮބްސްގެ ބުރަ މަސައްކަތުން ނަގާ ކޮޅަށްޖެހި އެޕަލް ކޮންޕެނީގެ ސާފު ފައިދާ ކިތަންމެ މަތީގައި ހުރިކަމަކު އެޕަލް ކުންފުނިން ބުނި ނަމަވެސް އެކުންފުނި ވަނީ އާ ޕުރަޑަކްޓެއް ނެރުމަށް ނުކުޅެދިފައެވެ. އެޕަލް ކުންފުންޏަށް އެހާ ބޮޑު ފައިދާއެއްވަނީ އެމީހުންގެ ލޯޔަލް ކަސްޓަމަރުންގެ ސަބަބުންނެވެ. އަހަރެއްގެ މައްޗަށް ކިތަންމެ ބޮޑު ފައިދާއެއް އެޕަލްއަށް ނެރެވުނު ކަމުގައި ވީނަމަވެސް އެޕަލްއަށް ވަނީ އާ ޕުރަޑަކްޓެއް އީޖާދުކުރާނެ ފަރާތެއް ބޭނުންވެފައިކަމަށް މީޑިޔާ ރިޕޯރޓްތަށްބުނެއެވެ.

މިކަމަށް އެންމެ ކުފޫ ހަމަވާ އެއް ކުންފުންޔަކީ ޓެސްލާއެވެ. މީޑީޔާ ރިޕޯޓްތަށް ބުނާގޮތުގައި ޓެސްލާއަށް އިންވެސްޓް ކުރާނެ މީހަކު ނެތިފައިވާކަމަށާޢި އެހެންނަމަވެސް އެކުންފުނީގެ އުފެއްދުންތައް ވަރަށް ފުރިހަމަ ކަމަށެވެ. އެޕްލްއިން ޓެސްލާ ގަނެ އަމިއްލަ ކޮށްފިނަމަ މިގަރުނުގައި ނުދެކޭފަދަ އުފެއްދުންތަކެއް މާރކެޓަށް އައުމަކީ ގާތްކަމެއްކަމުގައި މީޑިޔާ ރިޕޯރޓްތަށް ބުނެއެވެ.

އެޕަލް އިން ޓެސްލާ އާއި އެންމެ ގަޔާވާ އެއް ކަމަކީ ޑްރައިވަރަކު ނެތި ދުއްވާ ކާރެއް އުފެއްދުމަށް އެޕަލް އިން ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހަދައިދެވޭނެ ރަނގަޅު ބައިވެރިޔަކަށް ޓެސްލާ ވާނެތީއެވެ. އެފަދަ ކާރެއް ފަސޭހަކަމާއި އެކު އުފެއްދުމުގެ ގާބިލްކަން ޓެސްލާގެ ކިބައިގައި އެބަހުއްޓެވެ.

މީގެ އިތުރުން ބެޓެރި އުފެއްދުމުގައި ޓެސްލާ އިން ހޯދާފައިވާ ކާމިޔާބީތައް އެޕަލް އަށް ލިބިއްޖެނަމަ އެޕަލްގެ އުފެއްދުންތަކުގެ ބެޓެރީގެ ފެންވަރު އެތައް ގުނައެއް ރަނގަޅު ކުރެވިގެން ދާނެތީ އެއީ ވެސް އެޕަލް އިން ޓެސްލާ އާއި ގަޔާވާ ސަބަބެކެވެ.

އެހެންކަމުން އެޕަލް އިން މިހާރު ގެންދަނީ ޓެސްލާ ގަތުމާއި މެދު ވިސްނަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.