ކުއްތާ އޮޅުކޮށްގެން ގޭގައި ގެންގުޅޭ މީހުން ވަރަށް ގިނައެވެ. ރާއްޖެ ފަދަ 100 އިންސައްތަ މުސްލިމް ގައުމެއްގައި އޮޅުކޮށްގެން ކުއްތާ ނުގެންގުޅުނަސް ދުނިޔޭގެ ބައެއް ގައުމުތަކުގައި އާއިލާގެ މެމްބަރެއްގެ ދަރަޖަ ދީގެންވެސް ކުއްތާތައް ގެންގުޅެއެވެ. ބޮޑު ލޯތްބެއް ކުއްތާތަކަށް އޮންނައިރު ކުއްތާ ގެންގުޅޭ ވެރިމީހާއާ ދާދި އެއް ވައްތަރު ކުއްތާވެސް އުޅޭކަން ހާމަވަނީ އިންޓަނެޓްގައި ދައުރުވަމުންދާ ފޮޓޯތަކުންނެވެ.

މި ބަލާލަނީ ވެރިމީހާއާ ވައްތަރު ދިހަ ކުއްތާއަަށެވެ.

އޮސްކާ އާއި ސޭމް
ރަޝޭލް އާއި ރޯޒީ
މާލީ އާއި އޭނެ ކުއްތާ
ބްރޮންސަން އާއި އެސޮރުގެ ބައްޕަ
ޒީނާ އާއި އެސޮރުގެ މަންމަ
ޖޯން އާއި ރިލޭ
އޯލާ އާއި އެސޮރުގެ އާއިލާ
ނީނޯ އާއި ބަސްޓަރ
މަކީޓާ އާއި މެޑީ
ބިސްކަޓް އާއި އެސޮރުގެ ބޭބެ

މި ފޮޓޯތައް މީސްމީޑިޔާގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ވަނީ މި ފޮޓޯތައް ފެނި ހައިރާންވެފައެވެ.

ބައެއް ފޮޓޯތަކުގައި ވެރިމީހާ އާއި ކުއްތާއާ ވައްތަރު ގޮތެއް ހެދުމަށް ހެދުން ގުޅުވާފައި ލައްވާފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަމީތާބް

    ވެރިމީހާއި ވައްތަރުވަނީ ކުއްތާާއާ...

  2. އަޖައިބު

    ލިޔެފަ ނުލިޔާނެ އެއްޗެއް ނޭންގިގެން އުޅޭހެން ބޮޑަށް ހީވަނީ .. ލަދުވެތި ވަން ވަގުތާ މެދު ..