ޑުރަގު މައްސަލައަކާއި ގުޅިގެން އެންސީބީން ބޮލީވުޑުގެ ބަތަލާ އަނަންޔާ ޕާންޑޭ ޕާންޑޭއާއި ސުވާލު ކޮށްފިއެވެ.

އޮކްޓޫބަރ ތިން ވަނަ ދުވަހު ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔާން ޚާން މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރު ކުރިތާ ހަފުތާއެއްގެ ތެރޭގައި އެންސީބީން ވަނީ އަނަންޔާ އާއި ސުވާލު ކުރުމަށް އެންސީބީއަށް ހާޒިރު ކޮށްފައެވެ.

އަނަންޔާ ދެވަނަ ފަހަރަށް އެންސީބީއަށް ހާޒިރު ކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ. މިކަމާއި ގުޅިގެން އަނަންޔާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އަނަންޔާއާއި ސުވާލު ކުރީ ސީދާަ ކޮން ކަމަކާއި ގުޅިގެން ކަމަށް އެންސީބީން ބުނެދީފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން އަނަންޔާއާއި ސުވާލު ކޮށްފައިވަނީ އާަރްޔާންގެ ވަޓްސްއަޕް ޗެޓްލޮގް ތަކާއި ގުޅިގެންނެވެ.

އެންސީބީން ވަނީ އާރްޔާންގެ ވަޓްސްއަޕް ޗެޓްލޮގްތަކުން މަސްތުވާ ތަކެތި ވިއްކުމާއި ބޭނުންކުރާ ކަމުގެ ހެކިތައް ފެނިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ޗެޓްލޮގްތަކުގައި ބޭނުން ކޮށްފައިވާ ކޯޑު ލަފުޒުތަކުގެ ސަބަބުން އެކަން މުޅިން ސާބިތު ނުވެއެވެ.

މި މައްސަލައިގައި އަނަންޔާ އާއި ސުވާލު ކުރުމަށް އެންސީބީއަށް ހާޒިރު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް ދަނީ ލިބެމުންނެވެ.

ބޮލީވުޑުގެ ފަންނާނުންނާއި އެމީހުންގެ އާއިލާތަކަށް ހާއްސަ ކޮށްގެން މިފަދަ ބޮޑެތި ތުހުމަތުތައް ކުރަމުންދާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސްޓޫޓެންޓް އޮފް ދަ އިޔާ 2 އިން ބޮލީވުޑަށް ތަޢަރަފްވި އަނަންޔާއަކީ މިހާރު ބޮލީވުޑުގައި ކުރިއަރަމުން އަންނަ ފަންނާނެކެވެ. އަނަންޔާ ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ''ޕަތީ ޕަތުނީ އޮރު ވޮ''، ''ކާލީ ޕީލީ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު