އެމެރިކާއަށް އުފަން އުމުރުން އެއް އަހަރުގެ ބްރިގްސް ޑެރިންގްޓަންއަކީ ''ޓުރެވެލް އިންފުލުއެންސާ'' އެކެވެ. ބްރިގްސް ދަތުރު ކޮށްގެން މަހަކު 1000 ޑޮލަރު ހޯދައެވެ.

ދާދި ފަހުން އެއް އަހަރު ފުރުނު ބްރިގްސް މިހާތަނަށް ވަނީ 45 ދަތުރެއް ކޮށްފައެވެ. މީސް މީޑިއާ އިންފުލުއެންސާ ބްރިގްސްގެ މައިންބަފައިން ދަނީ ފާއިތުވި އަހަރެއްގެ ތެރޭގައި ބްރިގްސް ކޮށްފައިވާ ދަތުރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

މިދިޔަ އަހަރު އޮކްޓުބަރު މަހުގެ 14 ވަނަ ދުވަހު އުފަންވި ބްރިގްސްގެ މައިންބަފައިން ބްރިގްސްގެ ދަތުރުތަކުގެ ފޮޓޯތައް އިިންސްޓަގުރާމުގައި ހިއްސާ ކުރަމުން ދަނީ ''ވެއާ އިސް ބްރިގްސް'' ގެ ނަމުގައި ހިންގާ އެކައުންޓެއްގައެވެ.

ބްރިގްސްގެ މި ފޮޓޯތައް ވަނީ މީސް މީޑިޔާގެ ސަމާލުކަން ހޯދާފައެވެ. މި ފޮޓޯތަކުގައި ބޮޑަށް ދައްކުވައިދީފައިވަނީ ތުއްތު ކުއްޖަކާއި އެކު ދަތުރު ކުރާަނެ ގޮތްތަކެވެ.

ބްރިގްސްގެ އެންމެ ފުރަތަމަ ދަތުރު ކޮށްފައިވަނީ އޭނާގެ އުމުރުން އެންމެ ތިން ހަފުތާގައެވެ. އެއީ ނެބްރަސްކާއަށް ކުރި ދަތުރެވެ.

ބްރިގްސްއަކީ މިހާތަނަށް ދުނިޔޭގައި ހުރި އެންމެ ކުޑަ ''ޓްރެވެލް އިންފުލުއެންސާ'' ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

ބްރިގްސްގެ މަންމައަކީ ''ޕާޓް ޓައިމް ޓުއަރިސްޓް'' ގެ ނަމުގައި ބްލޮގެއް ހަދައިގެން ދަތުރު ކުރުމުގައު އުޅުނު މީހެކެވެ. ނަމަވެސް ބްރިގްސްއަށް ބަނޑުބޮޑުވުމާއި އެކު އޭނާގެ އެ މަސައްކަތް ހުއްޓުނީ ކަމަށް ހީކޮށް އެެކަމާ ވަރަށް ދެރަވި ކަމަށް ބްރިގްސްގެ މަންމަ ބުނެފައިވެއެވެ.

ނަމަވެސް ބްރިގްސްގެ މަންމައާއި ބައްޕަ މިހާރު ދަތުރު ކުރަމުން ދަނީ ބްރިގްސް ވެސް ގޮވައިގެންނެވެ. އެއީ އެމީހުން އެގޮތަށް ބޭނުންވާތީއެވެ.