ދިވެހި ފިރިހެނަކު ދެ އަތްބަށް އިންނަން 'ސާފުތާހިރު' އަންހެނަކު ހޯދަން އިއުލާން ކޮށްފިއެވެ.

ފޭސްބުކް މެދުވެރިކޮށް ކައިވެނި ކުރާނެ މީހުން ހޯދައިދޭ ޕޭޖެއް ކަމަށްވާ "ކައިވެނި ޕޭޖް" ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކައިވެނި ކުރާނެ އަންހެނަކު ހޯދަން އިއުލާން ކޮށްފައިވަނީ މާލޭގައި ދިރިއުޅޭ މީހެއް ކަމަށެވެ.

ކައިވެނި ޕޭޖްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އޭނާ އަކީ އަމިއްލަ މަސައްކަތް ކުރާ މީހެއް ކަމަށާއި، އާމްދަނީގެ ގޮތުގައި މަހަކު 60،000 ރުފިޔާ ލިބޭ ކަމަށެވެ.

އަދި އޭނާ އަކީ އުމުރުން 40 އަހަރުގެ މީހެއް ކަމަށާއި، ކައިވެނިކުރަން ބޭނުންވަނީ 23 އަހަރާއި 40 އަހަރާއި ދެމެދުގެ އަންހެނެއް ކަމަށް ބުނެފައިވެއެވެ. އެ ޕޯސްޓުގައި ފާހަގަ ކޮށްފައިވާގޮތުން މީގެ ކުރިން ކައިވެންޏެއްކޮށް، ދަރިންތިިބި ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ.

މީގެ އިތުރުން އަންހެން މީހާ އަކީ ސާފުތާހިރު މީހަކަށް ވާންޖެހޭނެ ކަމަށާއި، ދީނަށް ލޯބިކުރާ އަންހެނަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ. މި ޝަރުތު ފުރިހަމަވާނަމަ، އަންހެން މީހާ ކޮންމެ ރަށަކަށް ނިސްބަތްވިޔަސް މައްސަލައެއް ނެތްކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

އޭނާ އާއި ކައިވެނި ކުރަން ބޭނުންވާ މީހުން ޖެހޭނީ ފޭސްބުކް މެދުވެރިކޮށް ކައިވެނި ޕޭޖަށް މެސެޖް ކުރާށެވެ. އެ ޕޯސްޓު ނަންބަރަކީ p606 އެވެ.

ކައިވެނި ކުރާނެ މީހަކު ހޯދަން އިއުލާންތައް ޖަހައިދޭ ފޭސްބުކް ޕޭޖްގައި އިއުލާންތައް ޖަހަމުން ގެންދަނީ އިއުލާން ޖަހަން ބޭނުންވާ މީހާ ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެޕޭޖްގައި އިއުލާން ޖަހައިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހަޔާތުގެ ބައިވެރިން ހޯދާފައެވެ.

ނޫސްތަކާއި ވެބްސައިޓްތަކުގައި އިއުލާން ކޮށްގެން ހަޔާތުގެ ބައިވެރިޔަކު ހޯދުމަކީ އަވައްޓެރި ގައުމުތަކުގައި ވެސް ވަރަށް އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮން މަން ޖެ

    މީ ފޭކު މީހެއް! ފެންނުވަރާ އުޅޭ މީހެއް! ހަފުތާކު އެއް ފަހަރު މި ކަލޭގެ ހެދުން ބަދަލު ކުރަނީ

    11
    1
  2. ކިޔުންތެރިޔާ

    އެމީހާއަކީ ނަޖިސްވެފަ ހުރި މީހަކައް ވާނީ

    1
    1