އެމެރިކާގެ ނިއުޔޯކްގައި އޫރެއްގެ ކިޑުނީއެއް އިންސާނެއްގެ ހަށިގަނޑަށް ބަދަލުކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކިޑްނީ އިންސާނެއްގެ ހަށިގަނޑަށް ބަދަލުކުރި ފަހުން، އާއްމުކޮށް ކިޑްނީ ފަންކްޝަން ކުރާ ބީދައިގެން 50 ގަޑިއިރަށްވުރެ ގިނަ ވަގުތު ރަނގަޅަށް ފަންކްޝަން ކުރިއެވެ.

މިއާއެކު މިހާރު ތަޖުރިބާކާރުންނަށް ބެލެވިފައި ވަނީ، ކިޑްނީ ޑޯނަރު ހޯދަން އެތައް ބަޔަކު ކުރަމުންދާ ގުރުބާނީއަށް ނިމުމެއް އަންނާނެ ކަމަސެވެ.

މީގެ ކުރިންވެސް މިފަދަ މެޑިކަލް ޕްރޮސީޑާތައް ކުރިއަށްގެންގޮސްފައި ވެއެވެ. ނަމަވެސް މިއީ އޫރެއްގެ ކިޑްނީ އިންސާނެއްގެ ހަށިގަނޑަށް ބަދަލުކޮށް، ވަގުތުން ރިޖެކްޓް ނުކުރި ފުރަތަމަ ފަހަރުއެވެ.

މި އޮޕަރޭޝަްކޮށްފައި ވަނީ ސިކުނޑި މަރުވެފައިވާ މީހެއްގެއެވެ. މާނައަކީ އެ މިހާއަކީ ލައިފް ސަޕޯޓްގައި އޮތް ރަނގަޅު ނުވާނެ މީހެއް ކަމެވެ.

ތަޖުރިބާކާރުން ބުނަނީ މިއީ މިހާތަނަށް މި ދާއިރާގައި ކުރެވުނު އެންމެ ކުރިއަރާފައިވާ އެކްސްޕެރިމެންޓް ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަނެއް ކާމިޔާބު ކަމާއާއެކު ކުރެވުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުނަވަންތަކުގެ އިންތިޒާރުގައި ތިބި މީހުންނަށް ފުރާނަ ސަލާމަތްކޮށްދޭ ގުނަވަންތައް ސަޕްލައި އެތައް ގުނައެއް އިތުރުކުރެވިދާނެ ކަމަށް ތަރުޖިބާ ކާރުން ބުނެފައި ވެއެވެ.

މި އެކްސްޕެރިމެންޓަށް ބޭނުންކޮށްފައިވާ ކިޑްނީ އަކީ ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ޖަނަވާރެއްގެ ކިޑްނީ ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވެއެވެ.

ނިއުޔޯކް ޔުނިވާސިޓީ ލަންގޮން ހެލްތު މެޑިކަލް ސެންޓަރުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑޮކްޓަރުން ވަނީ އޫރުގެ ކިޑްނީ، ލެއްވި މީހާގެ ލޭހޮޅިތަކާ ގުޅުވާލުމަށް ދެ ގަޑިއިރު ހޭދަކޮށްފައެވެ.

"ހަމަ އާދައިގެ އިންސާނެއްގެ ކިޑްނީ ފަންކްޝަން ކުރާހެން އެ ކިޑްނީ ފަންކްޝަން ކުރި،" މިދިޔަ މަހު އެންޔޫޔޫ ލަންގޮން ހެލްތުގައި ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި ސާޖިކަލް ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ ރޮބާޓް މޮންޓްގޮމަރީ އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝޭހް

    ދީނީގޮތުން ހު އްދަވާނެބާ؟

  2. އަލީ

    މަރުވިޔަސް އޫރެއްގެ ކިޑްނީ މަށެއް ނުލައްވާނަން