އިންޑިއާގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ޒުވާން، އަންހެނުން އުމުރުން ދުވަސްވީ މީހަކަށް ވިއްކާލައިފިއެވެ.

އެ ފިރިހެން ކުއްޖާ އޭނާގެ އަނބީމީހާ ވިއްކާލަން އުޅުނީ ރަޖަސްތާނަށް ވަޒީފާއަށް ގޮސް އުޅުނިކޮށެވެ.

އޭނާ ކައިވެނިކޮށްގެން އުޅެނީ 26 އަހަރުގެ އަންހެނަކާއެވެ. އެ ކައިވެންޏަށް އަދިވީ އެންމެ މަހެކެވެ.

ފުލުހުން އެ އަންހެން މީހާ ސަލާމަތްކޮށްފައި ރަޖަސްޓާން ޑިސްޓްރިކްޓުންނެވެ. އޭނާ ސަލާމަތްކޮށްފައި ވަނީ ވަަރަށް އުނދަގުލުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެއީ އެ ވިލޭޖްގައި ދިރިއުޅޭ މީހުން އެ އަންހެން މީހާ އެ މީހުން ގަނެފައި ފައިސާ ދައްކައިގެން ކަމަށް ބުނެ ގަދަ ދެއްކުމުންނެވެ.

"އޮގަސްޓް މަސް ތެރޭގައި ދެމަފިރިން ދިޔައީ، ރަޖަސްތާނަށް، އެހެން ނަމަވެސް ފިރިހެން މީހާ އާ ވަޒީފަށް ނުކުތް ފަހުން، 1.8 ލައްކަ ރުޕީސްއަށް އޭނާ ވަނީ އަނބިމީހާ 55 އަހަރުގެ ބަރަން ޑިސްޓްރިކްޓަށް ނިސްބަތްވާ މީހަކަސް ވިއްކާލާފައި". ފުުލުހުން ބުނެފައި ވެއެވެ.

މި ދެ މީހުން ކައިވެނިކޮށްފައި ވަނީ ޖުލައި މަސް ތެރޭގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފައިސާ ލިބުމުން އޭނާ ވަނީ އަމިއްލައަށް ފޯނެއް ގަނެފައެވެ. އަދި ކާއެއްޗެއްސަށް ފައިސާ ހޭދަކޮށްފައި ވެއެވެ.

މިކަން ފަޅާއަރާފައި ވަނީ އަންހެން މީހާއާ ނުލާ އޭނާ އެނބުރި އަމިއްލަ ވިލޭޖަށް އައުމުން އަންހެން މީހާގެ އާއިލާއިން ސުވާލު ކުރަން ފެށުމެންނެވެ. އޭނާ ބުނީ އެ އަންހެން މީހާ އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށެވެ.

އެގޮތަށް ފިރިހެން މީހާ ބުނިނަމަވެސް، އެކަން ގަބޫލުނުކޮށް އަންހެން މީހާގެ އާއިލާއިން އެ މައްސަލަ ފުލުހަށް ހުށަހެޅިއެވެ. އަދި ފުލުހުން ހިންގި ތަހުގީގުން އެނގުނުގޮތުގައި އޭނާ ވަނީ އަންހެނުން ވިއްކާލާފައެވެ.

އަދި ފުލުހުންގެ ހާއްސަ ޓީމެއް ރަޖަސްތާނަށް ގެންގޮސް އަންހެން މީހާ ވަނީ ހޯދާފައެވެ. އެ މައްސަލައިގައި ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވާއިރު، ޖުވެނަލް ކޯޓުން އޭނާ ވަނީ ކަރެކްޝަނަލް ހޯމްއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުޅާ

    "ފޯނެއް ގަންނަން ވެގެން 'އަނބިހާ' ވިއްކާލައިފި"
    އެހެންވިއްޔާ ކުކުޅެއް ނޫންކަން ހަމަ ޔަގީންތަ؟؟