ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ބެޓް ދައްކާލައިފިއެވެ. އިންޑިއާގެ ހައިދަރް އާބާދުގައި ދައްކާލި މި ބެޓަކީ ގިނިސް ވޯލްޑް ރެކޯޑްސް އިން ސެޓްފިކެޓް ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ބެޓެވެ. މި ބެޓް ދައްކާލާފައި ވަނީ އިންޑިއާގެ ކުރީގެ ކެޕްޓަން މުހައްމަދު އަޒްހްރާއްދީންއެވެ.

މި ކްރިކެޓް ބެޓްގެ ދިގުމިނުގައި 56.1 ފޫޓު ހުންނައިރު، ބަރުދަނުގައި 9،000 ކިލޯ ހުރެއެވެ. މި ބެޓް ޓެލަންގަނާގެ ސަރުކާރަށް ހަދިޔާކޮށްފައި ވަނީ ޕެރްނޯޑް ރިކާޑް އިންޑިއާ ލިމިޓެޑުންެނެވެ. އެ ކުންފުނިން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޓޭންކް ބޮންޑްގައި ދައްކާލާނެއެވެ. އަދި ފަހުން އެ ބެޓް ބަހައްޓާނީ އުޕަލްގެ ރަޖީވް ގާންދީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކަމަށް ވެއެވެ.

މި ބެޓް ތައްޔާރުކޮށްފައި ވަނީ ޕޮޕްލަރ ވަކަރުންނެވެ. މި ބެޓް ފްބެރިކޭޓްކޮށްފައި ވަނީ ބީއެސްއެލް އިވެންޓްސް އިންނެވެ. މި ހެދުމުގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަވިއެވެ.

ހަތް މިލިއަން ރުޕީސް ހަރަދުކޮށްގެން އުފައްދާފައިވާ މި ބެޓް ވަނީ ޗެންނާއީގައި ހަދާފައިވާ 51 ފޫޓު ދިގު ބެޓްގެ ކުރީގެ ގިނިސް ރެކޯޑް މުގުރާލާފައެވެ.