ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކުން ޗޮކްލެޓް ކެއުމަށް ފަހުގެ ދިރާސާތަކުުން ހާމަވެއްޖެެއެވެ. އެ ދިރާސާތަކުގައިވާގޮތުން ޗޮކްލެޓުގައި ހިމެނޭ ކޮކޯގެ ސަބަބުން ބަރުދަން ލުއިކޮށްދެއެވެ.

ޗޮކްލެޓް ކެއުމުން ބަރުދަން ލުއިކޮށްދޭ ގޮތްތައްވެސް ހާމަކޮށްފައި ވެއެވެ.

މާގިނައިން ކާހިތްވުން މަދުވޭ

ޑައެޓެއް ކުރަމުންދާއިރު މާގިނައިން ކާހިތްވުމަކީ ރަނގަޅު ކަމެއް ނޫނެވެ. ޑައެޓް ފެއިލްވެ ބަރުދަނަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެކެވެ. މިކަމަށް އެންމެ ރަނގަޅީ ޗޮކްލެޓް ކެއުމެވެ. ޗޮކްލެޓް ކެއުމުން މާގިނައިން ކާހިތްވާ ކާހިތްވުން މަދުކޮށްދެއެވެ.

ބަނޑުހައިކަން ކޮންޓްރޯލުކޮށްދޭ

ޗޮކްލެޓުގައި ހިމެނޭ ފައިބަރގެ ސަބަބުން ބަނޑުހައިކަން ކޮންޓްރޯލު ކޮށްދެއެވެ. ނިއުޓްރިއަންޓްސް ލިއްބައިދޭ ޑާކް ޗޮކްލެޓަކީ މިކަމަށް އެންމެ އެކަށީގެންވާ ޗޮކްލެޓެވެ.

މެޓަބޮލިޒަމް އިތުރުކޮށްދޭ

ޗޮކްލެޓްގައި ހިމެނޭ މޮނޯއަންސެޗުރޭޓޭޑް ފެޓީ އެސިޑުގެ ސަބަބުން މެޓަބޮލިޒަމް އިތުރު ކޮށްދީ ކެލޮރީސް އަންދާލުމަށް އެހީތެރިވެދެއެވެ.

ކަސްރަތު ކުރުމަށް އެހީތެރިވެދޭ

ޗޮކްލެޓުގައި ހިމެނޭ އެންޓި އިންފްލެމޭޓަރީ މާއްދާގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށްވާ ތަދު ކުޑަ ކޮށްދެއެވެ. ޖިމްއަށް ގޮސް ނުވަތަ ކަސްރަތު ކުރުމުން ހަށިގަނޑަށް އެވާ ތަދު ކުޑަވުމުގެ ސަބަބުން ކަސްރަތުކޮށް ޖިމަށް ދިޔުމަށް އިތުރު ޝައުގުވެރިކަމެއް އުފެދޭނެއެވެ.

ފިކުރު ބޮޑުވުމާއި ހާސްކަމުން ދުރުކޮށްދޭ

ބަރުދަން އިތުރުވުމުގެ މައިގަނޑު އެއް ކަމަކީ ފިކުރު ބޮޑުވުމާއި ހާސްވުން ފަދަ ކަންކަމެވެ. ޗޮކްލެޓް ކެއުމުން މޫޑް ރަނގަޅު ކޮށްދެއެވެ. އޭގެ ސަބަބުން ފިކުރު ކުރުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ.

ނަމަވެސް ޗޮކްލެޓް ކެއުމުގައި ވެސް ހައްދުފަހަނައަޅައިދާ ވަރަށް ކެއުން ރަނގަޅެއް ނޫނެވެ. ޑާކް ޗޮކްލެޓް ކެއުމުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދިން ނަމަވެސް މާގިނައިން ކާކަށް ނުވާނެއެވެ.