ހެނދުނުގެ ނާސްތާއަކީ ދުވަހުގެ ކެއުންތަކުގެ ތެރެއިން އެންމެ ފައިދާ ހުރި ކެއުމެވެ. ހެނދުނުގެ ނާސްތާ ނުކޮށް ދޫކޮށްލުމަކީ ސިއްހީގޮތުން އެތައް މައްސަލައެއް ކުރިމަތި ކުރުވާ ކަމެކެވެ.

އެހެންކަމުން ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ. އަދި ހަމަ އެހެންމެ ސިއްހީގޮތުން ފައިދާހުރި ނާސްތާއެއް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ސިއްހީގޮތުން ފައިދާ ހުރި ނާސްތާއެއްގައި މި ބައިތައް ހިމަނަން ވާނެއެވެ.

މޭވާ

ހެނދުނުގެ ނާސްތާގައި މޭވާގެ ބާވަތްތައް ބޭނުނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްއާއި މިނަރަލްސް ލިއްބައިދޭނެއެވެ. އޭގެ ސަބަބުން ހަށިގަނޑު ހެލިފެލިވެ އުޅުމަށް ފަސޭހަވެއެވެ. މީގެއިތުރުން މޭވާގެ ބާވަތްތަކަކީ ހެނދުނު ކައިލުމަށް ވަރަށް މީރުވާނެ އެއްޗެކެވެ.

ފެހިގަދަ ކެއުމާއި ބުއިންތައް

ހެނދުނުގެ ނާސްތާއަށް ފެހިކަން ގަދަ މޭވާއިން ތައްޔާރު ކޮށްފައިވާ ސްމޫތީއެއް ބޭނުން ކުރުމުން ރަނގަޅުވާނެއެވެ.

އޯޓްސް

ހެނދުގެ ނާސްތާއަށް އޯޓްސްއަކީ އެންމެ އެކަށީގެންވާ އެއް ބާވަތެވެ. އޯޓްސް ކެއުމުން ފައިބަރ ގިނަކޮށްދީ، ކެލޮރީސް ދަށްކޮށްދީ ހަށިގަނޑަށް ބޭނުންވާ މިނަރަލްސް ލިއްބައިދެއެވެ.

ޔޯގަޓް

ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއަންޓްސްއާއި ޕްރޮޓީންސް ލިއްބައިދޭ މި ބާވަތަކީ ހެނދުނުގެ ނާސްތާގައި ހިމެނުމަށް ވަރަށް މުހިންމު ބާވަތެކެވެ. މީގެއިތުރުން މިއީ ކެލްޝިއަމް ލިއްބައިދޭ ބާވަތެކެވެ. އަދި މިއީ ބަރުދަން ލުއި ކުރުމަށް ވެސް އެހީތެރިވެދޭ ބާވަތެކެވެ.

މޭވާގެ ބާވަތްތައް ކެއުމުގައި ޔޯގަޓާއި ޖައްސައިގެން ގިނަ ބަޔަކު ކައި އުޅެއެވެ. އެއީ ރަހަމީރު ކޮށްލުމުގެ ގޮތުންނެވެ.

މީގެއިތުރުން ހެނދުނުގެ ނާސްތާގައި ނަޓްސްގެ ބާވަތްތައް ވެސް ހިމެނިދާނެއެވެ. އަލްމަންޑް، ކެޝޫ ނަޓްސް ފަދަ ބާވަތްތަކެވެ.