މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ ފުރަތަމަ ދަރިފުޅު ސްޓޯމީ ވައްތަރީ ކައިލީ އާ ކަމަށް އޭނާ ބުނެފިއެވެ.

ކައިލީ މިހެން ބުނެފައިވަނީ ޓުވިޓާ ގައި އޭނާގެ ފޭން އެއް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ސްޓޯމީ ގެ ފޮޓޯއެއްކައިލީ އާންމު ކޮށްފައި ވިޔަސް އެ ފޮޓޯގައި ސްޓޯމީ މޫނު އެއްކޮން ނުފެނެއެވެ. ކައިލީ އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ޕޯސްޓު ކުރޭތޯ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާއިރު، ކައިލީ ޕޯސްޓު ކުރާ ހުރިހާ ފޮޓޯއެއްގައިވެސް ސްޓޯމީގެ މޫނު ފެންނާކަށް ނުހުރެއެެވެ.

ކޭޓްލީން ޖެނާ ކައިލީ ކުޑައިރުގެ ފޮަޓޯ ވަރަށް ފަހުން ވަނީ އާންމުކޮށްފައެވެ. ކައިލީގެ ފޭނުންނަށްވެސް ދަނީ މިފޮޓޯއާ އޭނާގެ ދަރިފުޅުއާ އަޅާކިޔާ އަސްލުވެސް ވައްތަރުކަމަށް ބުނަމުންނެވެ. ސްޓޯމީއަކީ ކައިލީގެ ފުރަތަމަ ދަރިފުޅެވެ. އަދި އޭނާ ބަލަމުން ގެންދަނީ ކައިލީގެ މަންމަ ކްރިސް ޖެނާ، ކިމް އަދި ކޯޓްނީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މެޑަމް

    މީ އަންހެނާ ޔައް ހަލާކު ހުރި. ކޫސަނި

  2. ބްރޯ

    އޭނާ ގެ ނަހަލާލު ހަރާން ދަރި ވައްތަރީ އެމްބާޕޭ އާ ކަމަށް ވަނީ.

    1
    1
  3. މަރީ

    ފަހު ޒަމާނުގެ އަލާމާތް.. ޒިނޭ ކުރިވަރަކަށް މަޝްހޫރު ވާނެ

  4. ހިލްމީ

    ބްރޯ . ކަލޭ ތިހިރީ ހަމަހޭގައިތަ. ޔޫރަޕްގައި ހަރާން ދަރިން ނުތިބޭނެ. ލަވް ޗައިލްޑް ތިބޭނީ.

    • ޢަގަބެ

      ބުރޯ ލަވް ޗައިލްޑް މެރީ ޗައިލްޑް ބުލެކް ޗައިލްޑް ވައިޓް ޗައިލްޑަކަސް ކާވެނީގެ ބޭރުން ވިއްޔާ ވާނީ ކޮންކަހަލަ ޗައިލްޑަކަށް؟؟ އަޅެ ޖަވާބެއް ދީބަލަ ހިލްމީ ބުރޯ...

    • ޢަގަބެ

      ނޫނީ ޔޫރަޕް އެއީ ވަކި ހަރާމް ކަންތައް ކަޑަ ނާޅުއްވާ ތަނަކީތަ...