އަހަރެމެން އިންސާނުން ދިރިއުޅެމުން އަންނަ ދުނިޔެ އުފެދިފައިވާ މަޑިކިލަނބު (ގެލެކްސީ) ފިޔަވައި އެހެން މަނިކިލަނބަކުން ފުރަތަމަ ފަހަރަށް ނާސާ އަށް ޕެލެނެޓެއް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ އެއްޗެއް ފެނިއްޖެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނާ ގޮތުގައި ޕްލެނެޓެއް ކަމަށް ޔަގީނާއި ގާތައް ކަށަވަރު ކުރެވޭ އެއްޗެއް ފެނިފައި ވަނީ ނާސާގެ ޓެލެސްކޯޕަކަށެވެ. ނާސާގެ ޗަންދްރާ އެކްސްރޭ އޮބްޒަވޭޓަރީން ތަފާތު އުކުޅުތައް ބޭނުން ކޮށްގެން ޖައްވުގެ ގިނަ މައުލޫމާތުތައް އަންނަނީ ހޯދަމުންނެވެ.

ނަމަވެސް މިއަދާއި ހަމައަށް ނާސާގެ މިޓެލެސްކޯޕުން ހޯދިފައި ވަނީ ހަމައެކަނި އަހަރެމެންގެ ދުނިޔެ ހިމެނޭ މަޑިކިލަނބުގައި ހިމެނޭ ޕްލެނެޓްތަކާއި ދުންތަރިތަކާއި އަދި އެފަދަ އެހެނިހެން ތަކެއްޗެވެ. އެހެންކަމުން މިއަދާއި ހަމައަށް ނާސާގެ ޓެލެސްކޯޕުން ދެނެގަނެވުނު ހުރިހާ އެއްޗަކީ ވެސް ދުނިޔެ އާއި 3000 އަލި އަހަރުގެ ރާސްތާގައި ހުރި ތަކެއްޗެވެ. ނަމަވެސް މިހާރު ދެނެގަނެވިފައިވާ އާޕްލެނެޓެއް ކަމަށް ލަފާކުރެވޭ އެއްޗަކީ 28 މިލިއަން އަލި އަހަރު ދުރުން ދެނެގަނެވުނު އެއްޗެކެވެ.

އާޕްލެނެޓެއް ހޯދުމަށް ކުރި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ކޭމްބްރިޖުގެ ސެންޓަރ ފޯ އެސްޓްރޮފިކްސް ހަވާޑް އެންޑް ސްމިތުސޮނިއަންގެ ސައިންސްވެރިޔާ ރޮސައިން ޑި ސްޓެފަނޯ ވިދާޅުވީ އާދުނިޔެއެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގައި މިއަދަކީ އަނެއްކާވެސް އިތުރު މަގުތަކެއް ހުޅުވިގެން ދިޔަ ދުވަހެއް ކަމަށެވެ.

އާޕްލެނެޓެއް ކަމަށް މިހާރު ޔަގީނާއި ގާތައް ގަބޫލު ކުރެވޭ އެއްޗަކީ ސައިންސްވެރިންނަށް ފުރަތަމަ ވަރަށް ކުޑަ ތިއްކެއްގެ ގޮތުގައި ފެނުނު އެއްޗެކެވެ. އެތިކީގެ ވަށައިގެން ފެންނަން ހުރި ކަންކަމުގެ ސަބަބަނުން ސައިންސްވެރިންގެ ސަމާލުކަން ތިއްކަށް ލިބިގެން ދިޔައެވެ. އެހިސާބުން އިތުރަށް ކުރި ދިރާސާތަކުން ލިބުނު މައުލޫމާތައް ބަލާއިރު އެއީ ޕްލެނެޓެއްގެ ގިނަ ސިފަތައް ފުރިހަމަ ވެފައިވާ އެއްޗެއްކަމަށް މިހާރު ގަބޫލު ކުރެވެއެވެ.

ނަމަވެސް މިއީ ޕްލެނެޓެއްކަން ޔަގީންކަމާއިއެކު އިއުލާން ކުރަން އަދި އިތުރު އެތައް ދިރާސާތަކެއް ބޭނުންވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އެކަމަށް އަދި އެތައް އަހަރެއް ހޭދަވުން އެކަށީގެންވެއެވެ. ނަމަވެސް މިހާތަނަށް ކަށަވަރު ކުރެވުނު މައުލޫމާތުތަކަށް ބަލާއިރު މިއީ ވެސް ސައިންސްގައި އިންސާނުންނަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނނނ

    އާދުނިޔޭ އެކޭ ލޮލް

    3
    2
  2. މަނިކިލަނބު

    މަޑިކިލަނބު (ގެލެކްސީ) ފިޔަވައި އެހެން މަނިކިލަނބަކުން ފުރަތަމަ ފަހަރަށް ނާސާ

  3. ކޮސްމޯ

    އެންޑްރޯމެޑާ މަޑިކިލަނބުން ފެނުނު ޕްލެނެޓެއްތަ