ތަފާތު ވައްތަރުގެ ބަދަން ކެއުމުން ފިރިހެން މީހާގެ ދަރިފަނި އިތުރުވާކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ސްޕެއިންގެ ބާސެލޯނާގައި ކުރިޔަށް ދިޔަ ޔޫރަޕިއަން ސޮސައިޓީ އޮފް ހިއުމަން ރީޕްރަޑަކްޝަން އެންޑް އެމްބިއުރޮލޮޖީގެ އަހަރީ ބައްދަލު ވުމުގައި ޝާއިރު ކުރެވުނު ޔުނިވަރސިޓީ އޮފް ރޮވިރާއިން ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުގައި ބަދަން ކާ މީހުންގެ ދަރިފަނި އިތުރު ވެފައި އޭގެ ބާރު ގަދައެވެ.

ޖުމްލަ 119 މީހުން ބައިވެރިކޮށްގެން ކުރެވުނު މިދިރާސާގައި ހަދާފައިވަނީ ދިރާސާގެ ބައިވެރިން ދެ ގުރޫޕްއަކަށް ބަހައިލައިގެންެނެވެ. މީގެ ތެރެއިން އެއް ގުރޫޕްއަށް ކޮންމެ ދުވަހުގެ ނާސްތާއެކު ބަދަން ދެވިފައިވާއިރު، އަނެއް ގުރޫޕްގެ ކެއުމުގައި ބަދަނުގެ އެއްވެސް ބާވަތެއް ނުހިމަނައެވެ.

މިދިރާސާއިން ދެއްކި ގޮތުގައި ބަދަން ކެއުމުގައި ހިމެނި ގުރޫޕްގެ މީހުންގެ ދަރިފަނި 14 އިންސައްތަ އިތުރު ވިއެވެ. އަދި ދަރިފަނީގެ ބާރުވަނީ 4 އިންސައްތަ މަތިވެފައެވެ. މީގެ އިތުރުން ދަރިފަނީގެ ދުވުން 6 އިންސައްތަ އިތުރު ވެފައިވާއިރު ދަރިފަނީގެ ބައްޓަން 1 އިންސައްތަވަނީ ރަނގަޅުވެފައެވެ.

މިދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތް ތެރިވި ޑރ.އެލްބާޓް ސަލާސް ބުނެފައިވަނީ މިގޮތަށް މިކަން ދިމާވެފައިވަނީ ބަދަނުގައި ގިނަ އަދަދަކަށް އޮމެގާ 3 ފެޓީ އެސިޑް އާއި އެންޑިއޮކްސިޑެންސްގެ އިތުރުން ވިޓަމިން ބީ ގިނަ އަދަދަކަށް ހިމެނޭތީ ކަމަށެވެ. މިތަކެއްކަޗީ ދަރިފަނީ އާލާ ކުރުމަށް ބޭނުންވާ ތަކެތި ކަމަށްވެސް ޑޮކްޓަރ އިތުރަށް ބުނެފައިވެއެވެ.

ނަމަވެސް ޔޫރަޕިއަން ސޮސައިޓީ އޮފް ހިއުމަން ރީޕްރަޑަކްޝަން އެންޑް އެމްބިއުރޮލޮޖީގައި ބައިވެރިވެ ބައެއް ޑޮކްޓަރުން ބުނެފައިވަނީ މިދިރާސާ ހެދިއިރު ދިރިއުޅުމުގެ ވައްޓަފާޅިއަށް އަޅިއަޅުވާލާފައިނުވުމުން މިދިރާސާގެ ސައްޙަ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު

    ތަފާތު ބާވަތުގެ ބަދަން (ޕީނަޓު)ތަ؟ ނުވަތަ ތަފާތު ބާވަތުގެ މަދު (ނަޓު) ތަ؟

    19
    1
  2. ޕިންޑޭ

    ކޮންވައްތަރު ބަދަން ހުންނަނީ އަހަރެނާ ނޭގޭ މީ ބައިވަރު ވައްތަރު ބަދަން ހުންނަނީ ނުން މަޗާ!!

    16
    1
  3. ކޮޅުދާލި

    ކުރިން މަހު އޮތީ ޓޯމާޓޯގެ ވާހަކަ. މިމަހު ބަދަނުގެ ވާހަކަ.

    14
    1
    • ބެއްޔޯބެ

      އަދި ކުރިން އޮތް މުރަނގަމާ ކާށޭ ވެސް

  4. ދިބާޖު

    ބަދަނަކީ ވަކި ނަޓްސް ތަކުގެ ތެރެއިން ވަކި ވައްތަރެއްގެ ނަޓްސް އަކަށް ކިޔާ ދިވެހި ނަން. އެކި ވައްތަރުގެ ނަޓްސްއަށް ދިވެހިން ކިޔާނީ އެކި ނަން. ބަދަނަކީ އޭގެން އެއް ވައްތަރު. ރަނގަޅުގޮތަކީ އެކިވައްތަރުހެ މަދު. ލިޔާއިރު ލިޔެވޭ އެއްޗެއް ދިރާސާކޮށްލުމެއްވެސް ނޯވޭދޯ.

  5. ކޮއްކޮ

    މިހާރުވެސް މި އުޅެނީ ތިއެއްޗެހިތައް ގިނަވެގެން ބިރުން....
    ނޭގެ އުޅެފައި ގޮސް ބިހެއް ފޫދުއްވާލާނީ ކޮން އިރަކުން ކަމެއް....???