ބައެއް މީހުންނަކީ ކަންކަން ރޭވުމުގައި ވަރަށް ކާމިޔާބު މީހުންނެވެ. ޕާޓީއެއް ތައްޔާރުކުރާނެ ގޮތް ރާވަން ވިޔަސް، ކުޅިވަރު މުބާރާތެއް ރާވަން ވިޔަސް، އާއިލާގެ އެންމެންނާއެކު ސަޔަކަށް ދާން ރާވަން ވިޔަސް މޮޅު މީހުން ތިބެއެވެ. ނަމަވެސް އެއް މަހެއްގައި އަދި އެއް ދުވަހެއްގައި ކުދިން ވިހަން މޮޅު މީހަކު ހުރިއޭ ބުނެފި ނަމަ ހައިރާންވާނެ ގިނަ ބަޔަކު ތިބޭނެއެވެ.

އެގޮތުން އެއް އާއިލާއެއްގެ ތިންކުދިން އެކި އަހަރުތަކުގައި ވިހާފައި މިވަނީ އެއް މަހެއްގެ އެއް ދުވަހެއްގައެވެ. މި ކުދިންގެ މަންމަ ކްރިސްޓިން ލެމާޓް ފާއިތުވި އަހަރުތަކުގެ ފެބްރުއަރީ 25 ގައި އޮންނަން ޖެހުނީ ވިއްސާ ކޮޓަރީގައެވެ.

މި އާއިލާގެ ފުރަތަމަ ކުއްޖާ އަދި ލެމާޓްގެ ފުރަތަމަ އަންހެން ކުއްޖާ، ސޯފީ އުފަންވެފައި ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް 25 ވަނަ ދުވަހުގައެވެ. ސޯފީގެ އުފަންދުވަހާއި ދިމާކޮށް އޭނާ އަށް މިހާތަނަށް ދެ ކޮއްކޮ ވަނީ ލިބިފައެވެ.

އެންމެ ފަހުން ސޯފީގެ އުފަންދުވަހާ ދިމާކޮށް އޭނާ އަށް ކޮއްކޮއެއް ލިބިފައި ވަނީ މި އަހަރުގެ އޮގަސްޓް 25 ވަނަ ދުވަހުގައެވެ.

ލެމާޓް ބުނާގޮތުގައި އޭނާގެ އެންމެ ފަހުން ކުއްޖާ ލިބުނު އިރު އެއީ އުނދަގޫ ފަހަރެއް ކަމަށެވެ. އެއީ ދަރިފުޅަށް ބަލިވެއިންތާ ދިހަ ހަފްތާގައި އޭނާ އަށް ނުރައްކާތެރި ކޮވިޑް-19 އާއި ކުރިމަތިލާން ޖެހުނެވެ. އެއާއެކު ދަރިފުޅު ވިހާނެ ތާރީހުވެސް އަވަސްކުރަން ޖެހުނެވެ. ލެމާޓް ވިހަން އޮތް ތާރީހަކީ ސެޕްޓެމްބަރު މަހެވެ.

ކޮވިޑްގެ ސަބަބުން ލެމާޓް އަށް އެންމެ ފަހުން ކުއްޖާ ލިބުނު ދުވަހު އާއިލާއަކަށް ހޮސްޕިޓަލުގައި ތިބެވޭ ގޮތް ނުވިއެވެ. ނަމަވެސް އާއިލާއަށް އިތުރުވި އާ ކުއްޖާއަށް ދެންތިބި ކުދިން މަރުހަބާ ކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންޓޮނީ

    ގްރީޒްމަންވެސް 🤣🤣

  2. ތުނިޔަ

    މަގޭ ތިންދަތިންވެސް އެއްމަހެއްގަ ވިހެއީ..އެކަމަކު ތަފާތު ދުވަސްތަކުގަ.

    3
    1