މައްކާގެ ހަރަންފުޅު ކައިރީ ތާސްކުޅެން ތިބި ހަތަރު އަންހެނުންގެ ފޮޓޯއެއް މީސްމީޑިޔާގައި ދައުރުވަމުންއެބަދެއެވެ.

ދައުރުވަމުންދާ މިފޮޓޯގައި ފެންނަނީ ހަރަންފުޅު ކައިރީ ތާސްކުޅެންތިބި ހަތަރު އަންހެނުންނެވެ. މިފޮޓޯ ދައުރުވާ ފެށުމާއެކު ގިނަ ބައެެއްގެ ފާޑުކިޔުން ދަނީ މިހަތަރު މީހުނަށް އަމާޒުވަމުންނެވެ.

"ލައިފް އިން ސައުދީ އަރަބިއްޔާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން ހިގާފައިވަނީ މިދިޔަ ހުކުރުދުވަހު ރޭގަނޑު 11 ޖަހާ އެހާކަންހާއިރުއެވެ. ތާސްކުޅެން ތިއްބާ ފެނުމުން މިސްކިތް ބަލަހަށްޓަންތިބި ސެކިއުރިޓީން މިމީހުންގާތު އެކަން ހުއްޓާލުމަށް އެދިފައިވެއެވެ. އަދި އެނޫހުގައި ވާގޮތުން މާގިނަ ބަހަނާއަކާ ނުލައި އެކަން އެމީހުންވަނީ ހުއްޓާލާފައެވެ.

ގިނަ ބައެއްގެ ފާޑުކިޔުން މިފޮޓޯއަށް އަމާޒުވިރު، ގިނަ މީހުން ބުނަމުން ދަނީ މިއީ ހަރަންފުޅުގެ ހުރުމަތްކެޑުން ކަމަށާއި މިމީހުންނާއި ދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް މިމީހުންނާއި މެދު އެއްވެސް ފިޔަވަޅެއް އެޅި ކަމަށް އަދި މީޑިއާ އިން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލަޔަން

    އަލިފާނާ އެކުޅެނީ

  2. . ނނބބ. ފޮކައިދު

    އެއީކުޅެންދާމީހުން

  3. އަންހެނެއް

    އެމީހުން ތިބީމޫނުބުރު ގާއަޅައި ގެން ދޯ.؟

  4. ކެވިން

    ތީ އީރާނުން ދާ ށިއައީން ގެ އާއްމު ކަމެއް ހަރަމް ފުޅު ތެރޭ ތާސް ކުޅުން.އަޅުގަޑު ހުންނާނެ ހުއްޓުވާފަ އެއްފަހަރަކު...

  5. ލޮލް

    ކިހާ ސަޅި!

  6. އެމީހާ

    އެއީ އީރާނުމީހުންކަމަށްވެދާނެ.

  7. އެމީހާ

    ތިމީހުންނަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ.

  8. ވަގު ތުު

    ތާސްތަ އެކުޅެނީ؟!! މަށައް ހީވަނީ މޮނޮޢްޕޮލި ކަހަލަ އެއްޗެއް ހެން.. ވާނުވާ ބަލާނުލާ ދޮގު ތުހުމަތު ނާޅުވާ!!

  9. މަކަރޭ

    މިހާރު މީހުން ހިސާބަށްވުރެ ޖާހިލީ

    1
    1