އެމެރިކާގެ މަޝްހޫރު ޑެންވާ ޒުލުން 11 އެފްރިކަން ސިންގާ ކޮވިޑް-19 ގެ ޑެލްޓާ ވޭރިއަންޓަށް ފައްސިވެފައިވާ ކަމަށް އެ ޒުލުން ބުނެފިއެވެ.

މި ޒުލުން ކޮވިޑަށް ފައްސިވެފައި ވަނީ އެއް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ ސިންގާތައް ކަމަށް ޒުލުން ބުނެއެވެ. އަދި މިއިން އެއްވެސް ސިންގާއަކަށް ކޮވިޑުން ދިފާއު ވުމަށް ވެކްސިން ވެސް ޖަހާފައި ނެތެވެ.

މި ސިންގާތައް އެތައް ދުވަހެއް ވަންދެން ކެއްސާއި ކިނބި އަޅާފައިވާ ކަމަށް ވެސް އެ ޒުލުން ބުނެއެވެ.

އެހެނިހެން ޒޫތަކުގައި ވެސް ބައެއް ސިންގާތަކަށް ކޮވިޑް ޖެހި ބަލިން ފަސޭވެފައިވާކަން ހާމަކުރަމުން ޑެންވާ ޒުލުން ބުނީ ސިންގާތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެހެން ޒޫތަކުން ބަލި ޖެހުނު ސިންގާތަކަށް ފަރުވާކުރި ގޮތަށް ބަލައި ރަނގަޅަށް ފަރުވާ ދިނުމުގެ ކަންކަންވެސް ކުރިޔަށް ގެންދާކަމަށް އެ ޒުލުން ވަނީ ބުނެފައެވެ.

އޮފިޝަލުން ބުނާ ގޮތުގައި ސިންގާތަކަށް ކޮވިޑް ޖެހުނީ ކިހިނެއްތޯ އަދި ދެނެފަނެވިފައި ނުވާ އިރު ބަލި ޖެހިފައިވާ ސިންގާތައް އެކަހެރިކޮށް އެހެން ސިންގާތަށްވެސް ބައްތަށް ޓެސްޓުކުރަމުންދާކަމަށް ޒުލުން ބުނެއެވެ.

ސިންގާތައް ބަލިޖެހުނުކަން ހާމަވެފައި މިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ދެ މިނިކާވަގުވެސް ކޮވިޑަށް ފައްސިވެފައި ވަނިކޮށެވެ.

ޖަނަވާރުންނަށްވެސް ކޮވިޑް ޖެހޭއިރު މި ބަލިން ދިފާއުވުމަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ސައިންސުވެރިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު