ގިނަ އެވޯޑްތަކެއް ލިބިފައިވާ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯވ، "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ދިގު ބްރޭކަކަށް ފަހު އަންނަ މަހު ފަށާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަންނަ މަހު ފަށާ ސީޒަނަކީ 2007 ވަނަ އަހަރު ފަށާފައިވާ މި ޝޯވގެ 15 ވަނަ ސީޒަނެވެ. މި ސީޒަންގައި ކްރިސްއާއި ލޯބިވެރިޔާ ކޯރީ ގޭމްބްލް ރާއްޖެ އައިސް އުޅޭ މަންޒަރު ވެސް ފެނެއެވެ.

އާ ސީޒަން ފުރަތަމަ ޓްރެއިލަރ ރިލީޒް ކޮށްފައިވާ އިރު، ވަރަށް "ޑްރާމާ" ގިނަކަން ފާހަގަ ވެއެވެ. ކިމްއާއި ދައްތަ ޒުވާބުކޮށް، ކޯޓްނީ މިހާރު ކާޑޭޝިއަންއަކަށް ވާން ބޭނުން ނުވާކަމަށް ކިމް ތުހުމަތު ކުރާތަން ފެނެއެވެ.

މި ޓްރެއިލަރ ހަމައެކަނި ފެންނަނީ ހިތާމަވެރި މަންޒަރުތަކެއް ނޫނެވެ. ދާދި ފަހުން އަލަށް މައިންނަށްވި ކްލޯއީ ކައިލީ ބަލިވެއިން އިރާއި ވިހެއްމަށް ފަހު ދަރިންނާ އެކު ފެނެއެވެ.

2007 ގައި ޕްރިމިއަރ ކުރި ކީޕިންގް އަޕް ވިތް ދަ ކާޑޭޝިއަންސް ގެ ތަރިންކަމަށްވާ ކިމް، ކޯޓްނީ، އަދި ކްލޯއީ ކާޑޭޝިއަން އަކީ މިހާރު އާ މޫނު ތަކެއް ނޫނެވެ.

ކާޑޭޝިއަން ގެ ތެރެއިން އެންމެ ބޮޑު، ކޯޓްނީ ވަނީ ޔޫ މެގަޒިން އަށް ދިން އިންޓަވިޔު އެއްގައި މި ޝޯ ނިމިއްޖެނަމަ އޭނާ ވަރަށް އުފާ ވާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.

"އަހަރެން ބޭނުމެއް ނޫން މި ޝޯ ނިމޭކަށް ވެސް، ކޮންމެ ސީޒަން އެއް ނިމޭ އިރަށް ހިތައް އަރާ ދެން ނިމުނީއޭ، އެކަމަކު ޗުއްޓީ އަކައް ފަހު އަނެއްކާވެސް ހުންނަނީ ތައްޔާރަށް" ކޯޓްނީ ބުނެފައި ވެއެވެ.

"ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް" ގެ ސްޕިން-އޮފްއެއް ކަމަށްވާ "ކޯޓްނީ އެންޑް ކިމް ޓޭކް ނިއު ޔޯކް" އަކީ ވެސް ކާޑޭޝިއަން އާއިލާގެ މަޝްހޫރުކަމާއި ގުޅިފައިވާ ރިއާލިޓީ ޝޯއެކެވެ. މިއީ ސީދާ ކާޑޭޝިއަން އާއިލާގެ މެމްބަރުންނަށް ހާއްސަ ޝޯތަކެވެ.

ކާޑޭޝިއަން އާއިލާއަށް ލިބިފައިވާ އެންމެ ތޫނު ހަތިޔާރަކީ އެ އާއިލާގެ މެމްބަރުންގެ "ރީތި" ކަމެވެ. އެ ރީތިކަން ބޭނުންކޮށްގެން އެ އާއިލާގެ 8 މެމްބަރުން ދަނީ މުޅި އެތައް ބައެއްގެ ހިތް ކަތިލަމުންނެވެ.

ކާޑޭޝިއަން އާއިލާ އަކީ ހޮލީވުޑްގައި މިއަދު އެންމެ ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވަމުން އަންނަ އާއިލާ އެވެ. "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" އަށް ގިނަ އެވޯޑްތައް ލިބިފައިވެއެވެ.