ފިރިހެނުން ލޯބީގެ ގުޅުމެއް ފެށުމަށް ޖެހިލުން ވަނީ ކީއްވެތޯ މިއީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ގުޅުމެއް ބޭނުން ނުވާ މީހަކާއި އެއްކޮށް ވަގުތުތައް ބޭކާރު ކުރަން އެކަކު ވެސް ބޭނުމެއް ނުވާނެއެވެ.

ނަމަވެސް ހަނދާން ކުރަންވީ ކަމަކީ އެފަދަ ފިރިހެނުން ވެސް ގުޅުމަކަށް ތައްޔާރުނުވަނީ ނުވަތަ ޖެހިލުންވަނީ ސަބަބުތަކަކާއި ހުރެކަމެވެ.

ލޯބީގެ ގުޅުމެއް ފެށުމަށް ފިރިހެނުން ޖެލުންވާ ބައެއް ސަބަބުތަކަކީ:

މާޒީގެ ހިތި ހަނދާންތައް

ކުރީގެ ލޯބިވެރިޔާ ނުވަތަ ކުރީގެ ކައިވެނިން ލިބިފައިވާ ހިތި ހަނދާންތަކެއްގެ ސަބަބުން އައު ގުޅުމެއް ފެށުމަށް ޖެހިލުން ވެދާނެއެވެ. ކުރިން އެ ކުރެވުނު އިތުބާރު އަލުން ކުރުމަށް އުދަނގޫ ވާނެއެވެ.

ގުޅުން ކާމިޔާބު ނުވެދާނެތީ

ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ އެގުޅުމަކަށް އޭނާގެ ހުރިހާ ކަމެއް ހުސްކޮށްލާނެއެވެ. އެ ހުރިހާ ގުރުބާނީއަކަށް ފަހު ވެސް ވަކި ހިސާބަކުން ދެމީހުން ވަކިވެ، ގުޅުން ނިންމާލަން ޖެހިދާނެތީ، ލޯބީގެ އިތުރު ގުޅުމެއް ފެށުމަށް ޖެހިލުން ވާނެއެވެ.

ގުޅުމަކަށްވުރެ މުހިންމު އެހެން ކަންތައްތަކެއް ހުރުން

އާއިލާ، ލޯބި، އަދި ވަޒީފާ، މި ތިން ކަންތައް ރަނގަޅަށް ބެލެންސް ނުކުރެވި، ލޯތްބަށްވުރެ އާއިލާ އަދި ވަޒީފާއަށް ސަމާލުކަން ދޭންޖެހޭ ކަމަށް ހީކުރެވޭ ނަމަ ލޯބީގެ ގުޅުމެއް ފެށުމަށް ޖެހިލުން ވާނެއެވެ.

ލިބޭ ފުރުސަތުތައް މަދުވެދާނެތީ

ބައެއް ފިރިހެނުންނަކީ އެކަކާއި އެކު ގުޅުމެއްގައި އުޅެން ބޭނުން ނުވާ، އަދި ގިނަ އަންހެނުންތަކަކާއި އެކު ރަހުމަތްތެރިކަން ބާއްވަން ބޭނުންވާ ބައެކެވެ. ގުޅުމެއް ފަށައި، އެހެން ކުދިންނާއި އެއްވެސް ރަހުމަތްތެރިކަމެއް ނުބޭއްވުމަށް ބައިވެރިޔާ އެދިފާނެ ކަމަށް ހީކޮށް ވެސް އައު ގުޅުމެއް ފެށުމެއް ޖެހިލުންވާނެއެވެ.

އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންގެ ވެސް އިހުސާސްތަކެއް ހުންނާނެއެވެ. އެ އިހުސާސްތަކަށް އިހުތިރާމު ކުރަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުކުޅު

    އަންހެނުންގެ އިހުސާސްސަކީ ފިރިހެނުން ދަންއެއްޗެއް ބާއޭ މަހިތަށްއަރާ ފިރިމީހާދެކެ ވާލޯބިން އަނބިމީހާ ފިރިމީގެ ޙިދުމަތުގައި 24 ގަޑިއިރުހޭދަކުރަމުންދާއިރު ފިރިމީހާ ބަލާނުލާ އެއީ ކާޅެއްތޯ ކުކުޅޭއްތޯވެސް ބަލާނުލާ ފިރިންވެސް އެބައުޅޭ ފިރިޔަކުދެކެ އަތްބަކު ތެދުވެރި ވަފާތެރި ލޯތްބެއް ވެއްޖިއްޔާ އެއަތްބަކުޖެހޭނީ މުޅިއުމުރުދުވަހު ހިތާމަކުރަން މިޙަޤީގަތާކުރިމަތިލަމުން މިދަނީމިހާރުވެސް ހަމައެކަނި ނަމެއްގައި އިން އަތްބެއްގެގޮތުގައި ކުށްވެރިޔަކީ އަނބިމީހާ ކީވެކަން އެނގޭތޯ ފިރިމީހާ ބޭވަފާތެރިވީމަ އަނބިމީހާ ކޯޓަށްގޮސްވަރިނުވީމަ!

    11
    2
  2. އަލީ

    މިހާރު މިއުޅޭ އަންހެންކުދިންނާއި ލޯބީގެ ގުޅުން ބޭއްވުމަށްވުރެ ރަނގަޅީ ހުހަށް ހުރުން. ތިން ހަތަރު ބިޓުން ގެންގުޅޭނެ. ތެދުވެރިކަމެއް ނުހުރޭ .

    8
    6
  3. ހޯޕްލެސް

    މާޒީގެ ހިތި ތަޖްރިބާއިން އަންހިން ކުއްޖެއް ކައިރީ ރައްޓެހިވަން އަހަންވެސް ނުކެރިފައި މިހުންނަނީ.. އަހުދާއި ހުވާތައްކޮއްފައި އިންނާނަމޭ ބުނީމަ ކިޔަވާދީ ކޮލެޖްފީ ދައްކާދީ ލެޕްޓޮޕް ގަނެދީ ޑިގްރީ ނިމުމާއެކު މަށާއި އިންނަން އެއްބަސްވެފަ އަމިއްލައަށް ރުޅިވެފައި ގުރެޖުއޭޝަން ސެރެމަނީއަށް ދިޔައީ ވަގު ބިޓާއެކު އާއިލާ ގޮވާގެން.. ދެރަވާނެ ކޮންމެ މީހަކުވެސް... ހިތުގައިވެސް ޖެހޭނެދޯ.. ހަމަ އަސްލުވެސް ކޮންމެ އަންހިނަކުވެސް އަހަންނަށް މިހާރު ސިފަވަނީ މަކަރުވެރިއެއްގެ ގޮތުގައި.. އަހަރެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރަން.. މިކަމުން އަހަންނަށް އަރާގަނެވޭނީ ކިހިނެއް ހެދީމަކަމެއްވެސް އަހަންނަކަށްނޭނގޭ..

    • އަކުރަމް

      ބައި އަރ ޕެކޭޖް. ބައި ވަން ގެތް ވަން ފުރީ... ވ ސަޅި ހިޔާލެއް މީ!