ސްޓްރެސް ވުމަކީ މާ ބޮޑަށް ކަންކަމާއި ވިސްނަން ޖެހުމުން ކުރިމަތިވާ ހާލަތަކަށް ކިޔާ ނަމެކެވެ. ސްޓެރެސް ފިލުވުމަށް ބައެއް މީހުން ބޮޑެތި ހޭދަތަށް ކުރާއިރު ވަރަށް ފަސޭހައިން އަދި އެހާމެ ހަރަދުކުޑަގޮތެއްގައި ސްޓްރެސް ފިލުވިދާނެއެވެ.

އެގޮތުން ސްޓްރެސް ފިލުވުމަށް ފޭރަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ފާގައެކޭ އެއްފަދައިން ފޭރަކީ ސިކުނޑީގެ ނާރުތަށް ހަމައަށް އަޅުވައިދީ ފަސޭހައިން ރުޅި އައުމުން ކޮންޓްރޯލް ކޮށްދޭ އެއްޗެކެވެ. އަދި ކޮންމެ ދުވަހަކު ގަވައިދުން ފޭރު ކެއުމުން ހަށިގަނޑުގައިވާ ނާރުތަކާއި މަސްތަކަށް ހަމަޖެހުން ލިބެއެވެ. މިހެން ވުމަށް މެދުވެރިވަނީ ފޭރުގައި ހިމެނޭ މެގްނީސިއަމްގެ ބާވަތްތަކުގެ ސަބަބުންނެވެ. އަދި ފޭރުގެ ސަބަބުން ތިމާގެ ހަށިގަނޑުގައި ވަރުޖައްސައިދޭއިރު ފޭރުގެ ސަބަބުން ބޭކާރު ހިޔާލުތަކުން ދުރުކޮށްދިނުމަށް އެހީވެދެއެވެ.

އަދި ފޭރުގައި އެކުލެވޭ ވިޓަމިން ބީ-3 އަދި ބީ-6 ގެ މާއްދާތަކުގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުކޮށްދިނުމަށް އެހީވެދެއެެވެ. އަދި މިކަމުގެ ސަބަބުންވެސް މީހާ ސްޓްރެސްއިން ދުރުކޮށްދޭ ކަމަށް ސައިންސްވެރިން ބުނެއެވެ.

ފޭރަކީ މާބަނޑު އަންހެނުންވެސް ކެއުން ބުއްދިވެރި މޭވާ އެކެވެ. އެހެނީ ފޭރުގައި ހިމެނޭ ވިޓަމިން ބީ-3 ގެ މާއްދާތަކުގެ ސަބަބުން މައިމީހާގެ ރަހިމުގެ ތެރޭގައި ހެދިބޮޑުވަމުން އަންނަ ތުއްތު ކުށްޖާގެ ނާރުތަށް އޭގެ އެންމެ އެދެވޭ ގޮތުގައި އުފެދުމަށް އެހީވެދީ ނާރުގެ މައްސަލަތަކުން ކުއްޖާ ސަލާމަތްކޮށްދޭތީއެވެ.

އަދި ޒުވާންކަންމަތީގައި ގިނަ ދުވަހު ހުރުމަށްވެސް ފޭރަކީ އެފަދަ ދެވަނައެއްނެތް މޭވާއެކެވެ. އެހެނީ ފޭރުގައި އެކުލެވޭ ވީޓަމިން އޭ އަދި ވިޓަމިން ސީ އާއި ފޭރުގައި އެކުލެވޭ ލިކޮޕީން އަދި ކެރޮޓީން ފަދަ އެންޓިއޮކްސިޑެންޓްގެ މާއްދާތަކުގެ ސަބަބުން ހަންގަނޑު ރޫޖެހުމުން ދުރުކޮށްދީ ހަންގަނޑު ރީތިކޮށްދޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ފޭރު ކެޔުމަށްވުރެ މާރަނގަޅުވާނެ 5 ވަގުތު ނަމާދުކޮއްލިޔަސް

  2. ާއަފްލާ

    ތެދެއް ނަމާދު ނުކުރާމީހެއްވިއްޔާ ގަވައިދުން ނަމާދު ކުރުމަށް އާދަކުރޭ