ޖަނަވާރުންނާއި އިންސާނުން ވާހަކަ ދައްކައި މުއާމަލާތް ކުރާނެ ދުވަހެއް އަންނާނެ ކަމާއިމެދު އަހަރެމެން ޝައްކެއް ނުކުރަމެވެ. ސައިންސްވެރިން ވެސް މިއަދު ބުނަނީ އެދުވަސް ކައިރިވެއްޖެ ކަމަށެވެ.

ސައިންސްވެރިންގެ ޓީމަކުން ދާދިފަހުން މިވަނީ ކަނޑުއަޑީގައި އުޅޭ މަސްތައް ވާހަކަދައްކާ ގޮތް ހާއްސަކޮށް ބޮޑުމަސް ވާހަކަދައްކާ ގޮތް ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ. ސެޓަސިއަން ޓްރާންސްލޭޝަން އިނީޝިއޭޓިވް ނުވަތަ ސީއީޓީއައި އިން ކުރިއަށް ގެންދާ މިމަޝްރޫއުގެ މަސައްކަތަކީ ބޮޑުމަސް ވާހަކަ ދައްކާ ބަހުރުވަ ދެނަގެތުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

މިމަޝްރޫއުގައި ބޮޑުމަސް ވާހަކަދައްކާ ބަހުރުވަ ދެނަގަތުމަށް ފަހު އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ބޮޑުމަސް ދައްކާ ވާހަކަ އިންސާނުންނަށް އެނގޭނެ ބަހަކަށް ތަރުޖަމާކޮށްދޭނެއެވެ. އަދި އިންސާނުން ދައްކާ ވާހަކަ ތަރުޖަމާކޮށް ބޮޑުމަހަށް އެނގޭނެ ގޮތަކަށް އެބަސްތައް ބޮޑުމަހާއި ހަމައަށް ފޯރުކޮށްދޭނެއެވެ.

މިމަސައްކަތުގައި ސައިންސްވެރިން އުއްމީދު ކުރަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި މިމަސައްކަތުގައި ނަތީޖާ އަކާއި ހަމައަށް ވާސިލް ވެވޭނެ ކަމަށެވެ.

މިމަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްސައިންސްވެރިޔާ މައިކަލް ބްރޮންސްޓެއިން ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މިއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިމަސައްކަތް ކާމިޔާބު ވެއްޖެނަމަ އެހެނިހެން ޖަނަވާރުންނާއި އިންސާނުންނާއި ވާހަކަ ދެއްކޭނެ ގޮތެއް ހޯދުން އަދި އެއީ މާފަސޭހައިން ކުރެވިގެން ދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ބޮޑުމަހާއި އިންސާނުންނަށް ވާހަކަ ދެއްކޭނެ ގޮތެއް ހަދަން ކުރިއަށް ގެންދާ މަޝްރޫއުގައި މައުލޫމާތު އެއްކުރުމަށް ހާއްސަ ޑިވައިސްތަކެއް ބޮޑުމަސް އުޅޭ ސަރަހައްދުގައި ސައިންސްވެރިން ހަރުކުރާނެއެވެ. އެއިން ލިބޭ މައުލޫމާތުތައް އެއްކޮށް އިންސާނުންނާއި ހަމައަށް އެމައުލޫމާތުތައް ފޯރުކޮށްދީ އަދި އަނބުރާ ބޮޑުމަސްތަކާއި ހަމައަށް މައުލޫމާތު ފޯރުކޮށްދޭނީ ވެސް ވަށައިޖެހޭ ސިސްޓަމެއްގެ ތެރެއިންނެވެ.

މިމަޝްރޫއުގައި ހަވާޑް ޔުނިވަސިޓީގެ އިތުރުން އެމްއައިޓީ އާއި ލަންޑަންގެ އިމްޕީރިއަލް ކޮލެޖާއި ނިއުޔޯކްގެ ސިޓީ ޔުނިވަސިޓީ އާއި ޔުނިވަސިޓީ އޮފް ހައިފާ އާއި ޔޫސީ ބާކެލީ އާއި އިންސްޓިއުޓް ފޯ ސައިންޓިފިކް އިންޓަޗޭންޖް އިން ވެސް ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅޮލް

    ތިދުވަސް އައިސްފި. މިހާރުވެސް ވާހަކަ ދައްކާ. ހާދަ އަޕްޑޭޓެއް ނުވެޔޭދޯ ވަގުތު މީހުން. ޅޮލް

    11
    2
  2. Anonymous

    ތިކަން ނަޝީދު ކުރާތާ މިހާރު 50 ހަކައް އަހަރު ވެދާނެ.

  3. ޝީޒާ

    ޤިޔާމަތްވުމުގެ އަލާމާތް

    18
    1